ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ސ. އަތޮޅު މަދަރުސާގެ 2022 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 އޮކްޓޯބަރ 2022 އާއި 01 ނޮވެމްބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް ސްކޫލަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

މި ބީލަމާއިގުޅޭ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ފޯން ނަމްބަރަށް ގުޅުއްވުމުން  މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ބިޑް ހުޅުވުން އޮންނާނީ  06 ނޮވެމްބަރ 2022 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

މި ޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސ.އަތޮޅު މަދަރުސާ                                                     

ފޯން ނަންބަރ:6895679

އީމެއިލް އެޑްރެސް:[email protected]

 

25 އޮކްޓޫބަރު 2022
ހޯދާ