ދިވެހިރާއްޖެ
1. މި ކައުންސިލަށް 6 ކޮންޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2022 އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން 2022 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓްރީ ވުމަށް ގޫގުލް ފޯމް ލިންކް: https://forms.gle/X3BAwpLi48BTP1mF9 ބޭނުން ކުރުން އެދެމެވެ.
4. ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
5. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2022 އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv އިން ޑައުންލޯޑް ކުރެވެން
ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
6. ބީލަން ހުށަހަޅަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
7. މި ބީލަމާ ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެއެވެ.
8. ބީލަން ހުޅުވުން އޮންނާނީ 2022 ނޮވެންބަރު 6 ވަނަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
9. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
10. އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން ނަންބަރު: 6500095