މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Honorary Consul Scholarship Program 2022 (Re-announced) (King Mongkut's University of Technology Thonburi (KMUTT), Thailand)

1މާސްޓަރ ޑިގްރީ

1ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

ކިންގް މޮންގްކުޓް ޔުނިވަރސިޓީ އޮޕް ޓެކްނޮލޮޖީ ތޮމްބްރީގައި ކިޔަވައިދޭ މާސްޓަރ ޑިގްރީ އަދި ޕީ.އެޗް.ޑީ ޕްރޮގްރާމްތަކުގެ މައުލޫމާތު މިލިންކުން ލިބިވަޑައިގަންނަވާނެ: https://drive.google.com/file/d/19W8_qVL9e3rh6HKLYnM74XfhmpqUee-L/view

https://drive.google.com/file/d/1Qf4NhuVzESjS0pqT878SfGomcGYNffmn/view

ކޯހުގެ ދާއިރާ:

ތައިލޭންޑް

ޤައުމު:

King Mongkut's University of Technology Thonburi (KMUTT)

އިންސްޓިޓިއުޓް:

މާސްޓަރ ޑިގްރީ

1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2.ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން

ޕީ.އެޗް.ޑީ

1.ހުށަހަޅުއްވާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން

2.ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން

އެދޭ ކޯހާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން

ހ.ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ.ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ.ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

3.އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ހުށަހަޅަން ޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4.މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖުގެ ކޮޕީ.

5.ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކުރުމަށް، އެއާއި ގުޅޭ ލިޔުން.

6.ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަށްފަހު، އެ އެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

7.މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

8.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

-މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޮވޭ ކެންޑިޑޭޓުންގެ ޓިއުޝަން ފީ، ހަމަޖެހިފައިވަނީ “KMUTT International Scholarship Program (KSIP)"  އަދި " Petchra Pra Jom Klao Scholarship” ގެ ތެރެއިންނެވެ.

-މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރ ޑިގްރީ ކިޔެވުމަށް ހޮވޭ ކެންޑިޑޭޓަށް މަހަކު 300 އެމެރިކާ ޑޮލަރު، ޕީ.އެޗް.ޑީ ކިޔެވުމަށް ހޮވޭ ކެންޑިޑޭޓަށް މަހަކު 570 އެމެރިކާ ޑޮލަރުގެ ރޭޓުން ސްޓައިޕެންޑް އަދި ކޯހުގައި ކިޔެވުމަށް ދިއުމަށާއި އައުމަށް އެއަރ ޓިކެޓް ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސާދެވޭނެއެވެ. އެހެން ޚަރަދުތައް ( ވިސާ ހޯދުމާއި ވިސާގެ ޙަރަދުތައްފަދަ) ހަމަޖައްސަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

-މި ސްކޮލަރޝިޕަށް ހޮވޭ ހުރިހާ ދަރިވަރުންގެ ނޮމިނޭޝަން މި މިނިސްޓްރީ އިން ހެދުމަށް ފަހު ފައިނަލް ސިލެކްޝަން ހަދާނީ ޔުނިވަރސިޓީގެ ފަރާތުންނެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބޭނެއެވެ.  

އިތުރު މައުލޫމާތު:

ސުންގަޑި: 03 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

25 އޮކްޓޫބަރު 2022
ހޯދާ