މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ފެންނާ ގިމަތައިގެ ގޭޓު ބަދަލުވުން

އިޢުލާން

ފެންނާ ގިމަތަ (މާލެ އިރު އުތުރު ބަނދަރު ސަރަހައްދުގައި ހުންނަ ފެރީ ޓާރމިނަލް) އިން ޚިދުމަތް ލިބިގަތުމަށް އަންނަ މީހުންނާއި އުޅަނދުފަހަރު، ފެންނާ ގިމަތަ ހިމެނޭ ގޯތި ތެރެއަށް ވަންނަ ގޭޓަކީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދެ ގޭޓުގެ ތެރެއިން ހުޅަނގު ފަރާތު ގޭޓުކަމަށް 29 ނޮވެންބަރު 2014 ވާ ހޮނިހިރު ދުވަހުން ފެށިގެން ހަމޖައްސައިފީމެވެ.

މި ބަދަލާ ގުޅިގެން، މި ދުވަހުން ފެށިގެން ފެންނާ ގިމަތަ ހިމެނޭ ގޯތި ތެރެއަށް ވަނުމަށް ބޭނުންކުރާނީ ހުޅަނގު ފަރާތު ގޭޓެވެ. އަދި ނުކުތުމަށް ބޭނުންކުރާނީ އިރުމަތީ ފަރާތު ގޭޓެވެ.

ފެންނާ ގިމަތައިން އެއްގަމު އުޅަނދުފަހަރަށް ފަސިންޖަރުން އަރުވާ ބާލަން ވާނީ އެކަމަށް ޚާއްސަކޮށްފައިވާ 3 ސްލޮޓުންނެއެވެ. ފެންނާ ގިމަތަ ހިމެނޭ ގޯތި ތެރޭގެ މި ނޫން އެހެން ތަންތަނުން ފަސިންޖަރުން އަރުވާ ބޭލުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ވާހަކަ ވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.

ވިމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޛުލްޙިއްޖާ 1435

30 އޮކްޓޫބަރު 2014
ހޯދާ