ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ދާއިރާތަކުން ކުރުމުއްދަތާއި އަދި ދިގުމުއްދަތުގެ ކޯސްތަކެއް މިޕޮލިޓެކްނިކްގައި 11 ޖަނަވަރީ 2015 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖާގަ |
މުއްދަތު |
ކޯހުގެ ނަން |
25 |
18 މަސް (ޕާރޓްޓައިމް) |
ޑިޕްލޮމާ އިން އާރކިޓެކްޗަރ (މާލެ) |
25 |
18 މަސް (ޕާރޓްޓައިމް) |
ޑިޕްލޮމާ އިން ސިވިލް އިންޖިނިއަރިންގ (މާލެ) |
25 |
24 މަސް (ޕާރޓްޓައިމް) |
ޑިޕްލޮމާ އިން ބިލްޑިންގ ކޮންސްޓްރަކްޝަން (މާލެ) |
32 |
18 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 4 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (މާލެ) |
20 |
18 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 4 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (މާލެ) |
20 |
18 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 4 އިން ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން (މާލެ) |
20 |
18 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 4 އިން މެޝިނިންގ އެންޑް މެކޭނިކަލް ފިޓިންގްސް (މާލެ) |
16 |
18 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 4 އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ (މާލެ) |
16 |
18 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 4 އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ސްޕެޝަލައިޒްޑް އިން ސެކިއުރިޓީ ސިސްޓަމްސް (މާލެ) |
18 |
18 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 4 އިން ވުޑުން އެންޑް ފައިބަރ ގްލާސް ބޯޓް ބިލްޑިންގ (ރ.އަލިފުށި) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (މާލެ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން މެޝިނިންގ އެންޑް ވެލްޑިންގ (މާލެ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (މާލެ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް (މާލެ)
|
16 |
3 މަސްކޯސްވާރކް + 3 މަސް އަމަލީމަސައްކަތް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (މާލެ) |
16 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 2 އިން އައިޓީ ޓެކްނީޝަން (މާލެ) |
16 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ވުޑުން އެންޑް ފައިބަރ ގްލާސް ބޯޓް ބިލްޑިންގ (ރ.އަލިފުށި) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ރެފްރިޖަރޭޝަން (ރ.އަލިފުށި) |
16 |
3 މަސްކޯސްވާރކް + 3 މަސް އަމަލީމަސައްކަތް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (ރ.އަލިފުށި) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (ރ.އަލިފުށި) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ވެލްޑިންގ އެންޑް ޝީޓްމެޓަލް (ރ.އަލިފުށި) |
15 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ރެފްރިޖަރޭޝަން (ކ.ތުލުސްދޫ) |
15 |
3 މަސްކޯސްވާރކް + 3 މަސް އަމަލީމަސައްކަތް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (ކ.ތުލުސްދޫ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (ކ.ތުލުސްދޫ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ވެލްޑިންގ އެންޑް ޝީޓްމެޓަލް (ކ.ތުލުސްދޫ) |
15 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ފަރނީޗަރ ކާޕެންޓްރީ އެންޑް ޖޮއިނަރީ (ކ.ތުލުސްދޫ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ރެފްރިޖަރޭޝަން (ސ.ހިތަދޫ) |
16 |
3 މަސްކޯސްވާރކް + 3 މަސް އަމަލީމަސައްކަތް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (ސ.ހިތަދޫ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ވެލްޑިންގ އެންޑް ޝީޓްމެޓަލް (ސ.ހިތަދޫ) |
12 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (ސ.ހިތަދޫ) |
18 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 1 އިން ޓައިލިންގ (މާލެ) |
18 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 1 އިން ޕްލަމްބިންގ (މާލެ) |
16 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ބިއުޓީޝަން |
32 |
6 މަސް (ފުލްޓައިމް) |
ސެޓުފިކެޓު 3 އިން ސްމޯލް ބިޒްނަސް |
ޑިޕްލޮމާ ކޯސްތަކުގެ ޝަރުޠު
ޝަރުޠު
އާރކިޓެކްޗަރ
ހ. އޯލެވެލް ހިސާބު، އިނގިރޭސިއާއެކު ސައިންސް ސްޓްރީމް މާއްދާއަކުން ފާސްވެފައިވުން.
ސިވިލް އިންޖިނިއަރިންގ
ހ. އޭލެވެލް ހިސާބު އަދި ފިޒިކްސް އިން "ސީ" ފާސް ލިބިފައިވުން.
ބިލްޑިންގ ކޮންސްޓްރަކްޝަން
ހ. އޯލެވެލް 3 މާއްދާ އިން ފާސްވެފައިވުން. ނުވަތަ އެމް.ކިޔު .އޭ ލެވެލް 4 ގެ ކޮލިފިކޭޝަން (ސެޓުފިކެޓު) ލިބިފައިވުން.
ސެޓުފިކެޓު ލެވެލް 4 ކޯސްތަކުގެ ޝަރުޠު
މައިގަނޑު ޝަރުޠު
ހ. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ އެމް.ކިޔު.އޭ ލެވެލް 3 ގެ ކޮލިފިކޭޝަން (ސެޓުފިކެޓު) ލިބިފައިވުން.
އެހެނިހެން ޝަރުޠު
ހ. 16 އަހަރުވެފައިވުމާއެކު، އެމް.ކިޔު.އޭ ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ނިންމާފައިވުން. ނުވަތަ 18 އަހަރުވެފައިވުމާއެކު، ގްރޭޑް 7 ގެ ތަޢުލީމު ފުރިހަމަ ކުރުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ސެޓުފިކެޓު ލެވެލް 3 ކޯސްތަކުގެ ޝަރުޠު
މައިގަނޑު ޝަރުޠު
ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ އެމް.ކިޔު.އޭ ގެ ލެވެލް 2 ގެ ކޮލިފިކޭޝަން (ސެޓުފިކެޓު) ލިބިފައިވުން.
އެހެނިހެން ޝަރުޠު
ށ. 18 އަހަރުވެފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ސެޓުފިކެޓު ލެވެލް 1 ކޯސްތަކުގެ ޝަރުޠު
މައިގަނޑު ޝަރުޠު
ހ. ގްރޭޑް 7 ނިންމާފައިވުން.
އެހެނިހެން ޝަރުޠު
ހ. 16 އަހަރު ވެފައިވުން
ވީމާ، މިކޯސްތަކުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު މޯލްޑިވްސް ޕޮލިޓެކްނިކް، އާރ.ވައި.ވީ.ޓީ.ސީ ރ.އަލިފުށި، ނުވަތަ އާރ.ވައި.ވީ.ޓީ.ސީ ކ.ތުލުސްދޫ، އަދި ސ.ހިތަދޫގެ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސް އިން ފޯމު ނަންގަވައި، ނުވަތަ މިތަނުގެ ވެބްސައިޓް www.polytechnic.edu.mv އިން އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރެއްވުމަށްފަހު، 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ކުރިން މިޕޮލިޓެކްނިކަށް ނުވަތަ އާރ.ވައި.ވީ.ޓީ.ސީ ރ.އަލިފުށި، އާރ.ވައި.ވީ.ޓީ.ސީ ކ.ތުލުސްދޫ، އަދި ސ.ހިތަދޫގެ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްއަށް ފޯމު ހުށަހެޅުއްވުމަށް އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ލިބިފައިވާ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ ހުށަހެޅުއްވުމަށް އެދެމެވެ. އަދި ކޯހުގައި ޖާގަ އޮތްނަމަ، ކޯސް ފެށުމުގެ ކުރިން ހުށަހަޅުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3305404 ،3305406، 3305411 ،6640453 ،6580098 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
12 މުޙައްރަމް 1436