ލ. ފޮނަދޫ ރައްޔިތުންގެ ރުއްތައް 02 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، ރުއްތައް ވަރުވާއަށް ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބީލަންފޮތް ގަންނަ ފަރާތްތަކަށެވެ. ބީލަންފޮތް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
- ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕްކޮޅާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
E ރަޖިސްޓަރީ ވުމަށް: https://t.ly/9Ld2
- ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 06 ނޮވެމްބަރ 2022 (އާދީއްތަ) ދުވަހުގެ 14:00އާއި ހަމައަށެވެ.
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ރުއްތައް ވަރުވާއަށް ދޫކުރުމާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
- މިބީލަމާގުޅޭ އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ10 ނޮވެމްބަރ 2022 (ބުރާސްފަތި)، ދުވަހުގެ 12:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 10 ނޮވެމްބަރ 2022 (ބުރާސްފަތި)، ދުވަހުގެ 12:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|