މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު ކުރީގެ ޕްރީސްކޫލް ޢިމާރާތް ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރުމާއި ގުޅޭ

ކެނދިކުޅުދޫ، ކެނދިކޮޅު ކުރީގެ ޕްރީސްކޫލް ވިޔަފާރި އުސޫލުން ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތާއި ގުޅޭ ޕްރޮޕޯސަލް ހުށައެޅުމުގައި ބަލާނެ މިންގަނޑުތަކާއި، ޕްރޮޕޯސަލްގައި ހިމެނެންޖެހޭ ބައިތައް އަންގައިދޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު އެއްކަރުދާސްކުރަމެވެ. ހަމައެއާއެކު، މިޢިމާރާތާއި ބިމުގެ ބޮޑުމިނާއި، ދޫކުރުމަށް ހަމަޖެހިފައިވާ ޢިމާރާތާއި ބިން އޮތް ސަރަހައްދު އަންގައިދޭ ޗާޓުވެސް މިއިޢުލާނާއެކު އެއްކަރުދާސްކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ނޮވެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 30 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ  14:00 ގެ ކުރިން، [email protected] މިއީމެއިލް އެޑުރެހަށެވެ.

              ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.       

              24   އޮކްޓޫބަރ   2022

24 އޮކްޓޫބަރު 2022
ހޯދާ