މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަންގެ ޚިދުމަތް ދިނުން 1500help ސަރވިސް ސެންޓަރަށް ބަދަލުކުރުން

އިޢުލާން

 

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަންގެ ޚިދުމަތް ދިނުން  1500help ސަރވިސް ސެންޓަރަށް ބަދަލުކުރުން

ހ. ޕަމީލިއާ، ބޮޑުތަކުރުފާނުމަގު އޮފީހުގައި  ފޯރުކޮށްދެމުން ގެންދިޔަ, އޮންލައިންކޮށް މިނިސްޓްރީގެ ވިޔަފާރިއާބެހޭ ޚިދުމަތްތަކަށް އެދުމުގައި އެހީތެރިކަން ދިނުން ފަދަ ޚިދުމަތްތައް 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން ދެމުންގެންދާނީ، ބޮޑުތަކުރުފާނު މަގު، އެމް.ޓީ.ސީ.ސީ ފެރީޓަރމިނަލްގައި ހުންނަ 1500help ސަރވިސް ސެންޓަރުންނެވެ.

މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)101-BR/1/2021/248 (16 ޑިސެމްބަރ 2021) ގައި އަންގާފައިވާ ފަދައިން، މިނިސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތަކަށްއެދޭނީ https://business.egov.mv  މެދުވެރިކޮށެވެ.

1500help ސަރވިސް ސެންޓަރަކީ، އޮންލައިންކޮށް ޚިދުމަތަށް އެދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޙާއްޞަކުރެވިފައިވާ އޮފީހެކެވެ. މީގެ އިތުރުން، ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމަށް ކޯލް ސެންޓަރ 1500 ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް ދަންނަވަމަވެ.

24 އޮކްޓޫބަރު 2022
ހޯދާ