މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

ވަޒީފާގެ ފުރުސަތު

މި މިނިސްޓްރީގެ ނަންބަރު 77/2014/22/D-22(IUL (ސެޕްޓެންބަރު 15، 2014) ޢިއުލާނާ ގުޅިގެން ކުރިމަތިލީ މަޤާމަށް ޝަރުޠު ހަމަވާ އެންމެ ފަރާތެއްކަމަށްވެފައި، އެފަރާތުން އެ ފުރުޞަތު ދޫކޮށްލާފައިވާތީ، އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

މަޤާމު: ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

ބޭނުންވާ އަދަދު: 1

ރޭންކް: އެމް.އެސް 3

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑިޔުކޭޝަން އިންފޮމޭޝަން މެނޭޖްމަންޓް ޔުނިޓް، ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުތަކުގެ ތަފާސްހިސާބު އެއްކުރުމަށްޓަކައި ބެނޫންވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން، މާލެ ސަރަހައްދުގެ ކޮންމެ ސްކޫލަކުން ތަފާސްހިސާބު އެއްކުރުން.
  2. މާލެ ސަރަހައްދުގެ ސްކޫލުތަކުން ހޯދޭ ތަފަސްހިސާބު ޑާޓާބޭސްއަށް އެޅުން.
  3. ސަދަން ސަރަހައްދު އަތޮޅުތަކުގެ ސްކޫލުތަކުން ހޯދާ މަޢުލޫމާތު، ތަފާސްހިސާބު ފޮތަށް ބޭނުންވާ ފޯމެޓަށް އެންޓަރކުރުން.
  4. މާލެ ސަރަހައްދުގެ ސްކޫލުތަކުން ހޯދާ މަޢުލޫމާތު، ޞައްޙަތޯ ބެލުމަށްޓަކައި ކުރީގެ މަޢުލޫމާތާ އަޅާބަލައި، ގެނަންޖެހޭ އިޞްލާޙީ ބަދަލުތައް، ސްކޫލާ ގުޅިގެން ގެނައުން.
  5. މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގާ ވަރކްޝޮޕްތައް ރާވައި ހިންގުމުގައި، އިސްވެރިޔާއަށް އެހީތެރިވެދިނުން.
  6. މާލެ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ސްކޫލަށް ނުދާ ދަރިވަރުންގެ މަޢުލޫމާތު ހޯދުން.
  7.  މާލެ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ސްކޫލަށް ދާންފެށުމަށްފަހު މެދުކަނޑާލައިފައިވާ ދަރިވަރުންގެ މަޢުލޫމާތު ހޯދުން.
  8. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ޘާނަވީ އިމްތިޙާނުގެ ނަތީޖާ އެނަލައިޒްކޮށް، ސްކޫލުތަކުގެ އެކަޑަމިކް ޕާރފޯމަންސް ބެލުމުގައި، އިސްވެރިޔާއަށް އެހީތެރިވެދިނުން.
  9. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ މަތީ ޘާނަވީ އިމްތިޙާނުގެ ނަތީޖާ އެނަލައިޒްކޮށް، ސްކޫލުތަކުގެ އެކަޑަމިކް ޕާރފޯމަންސް ބެލުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  10. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ބަޖެޓުހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި އިސްވެރިޔާއަށް އެހީތެރިވެދިނުން.
  11. މާލެ ސަރަހައްދުގެ ހުރިހާ ސްކޫލުތަކެއްގައި މަސައްކަތްކުރމުންދާ ހުރިހާ މުއައްޒަފުންގެ މަޢުލޫމާތު ހޯދުން.

ޝަރުޠު:                                               

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ނޮވެންބަރު 23 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 17 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ. 

06 ނޮވެންބަރު 2014
ހޯދާ