ދިވެހިރާއްޖެ
ބައިވެރިން: "އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު" ގެ ދަށުން އިންވެސްޓް ކުރުމަށް ލަަފާދިނުމުގެ ލައިސަންސަށް ޝައުޤުވެރިވާ ފަރާތްތަކާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް. |
|
ތާރީޚު: 16 ން 18 ޑިސެންބަރު 2014 އަށް. (ތިންދުވަހުގެ މުއްދަތަށް) |
ކިޔަވައިދޭ ބަސް: އިނގިރޭސި ބަސް |
ފުރުޞަތު ދެވޭ ބައިވެރިންގެ އަދަދު: 30 (އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން އިސްކަންދޭގޮތަށް) |
ފީ: -/1000ރ (އެއްހާސް) |
ޝަރުޠު: ދަށްވެގެން އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް ސްޓަޑީޒް ނުވަތަ އިކޮނޮމިކްސްއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. |
މި ޓްރެއިނިންގ ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ އިންވެސްޓްމަންޓް އެޑްވައިޒަރުކަމުގެ ތަޖުރިބާ ލިބިފައިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކުންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު [email protected] އީމެއިލް އެޑްރެހަށް، 11 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ ޕްރޮގްރާމަށް އެދޭ އެޕްލިކޭޝަން ފޯމާއި ޓްރެއިނިންގ ޕްރޮގްރާމުގެ އައުޓްލައިން ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.cmda.gov.mv/news/investment-adviser-training-program-2014#
އިތުރު މަޢުލޫމާތު:
ކެޕޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،
4 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ޓަވަރ/ ބޮޑުތަކުރުފާނު މަގު/ މާލެ، ދިވެހިރާއްޖެ.
ފޯން: 3014103, 3014112 ފެކްސް:333 6624 އީމެއިލް:[email protected] ވެބްސައިޓް:www.cmda.gov.mv