މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުތަކުގެ އަހަރީ ބަޖެޓް އެކުލަވައިލުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކަމާގުޅޭ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ފައިލުކޮށް ބެލެހެއްޓުން.
  2. ޔުނިޓްގެދަށުން ހިނގާ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް، ސްޕަވައިޒަރުގެ ބެއްލުވުމުގެ ދަށުން ފުރައި، ސްޕަވައިޒަރާއި މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމުތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  3. ސްކޫލު އުމުރުފުރައިގެ ދަރިވަރުންގެތެރެއިން ސްކޫލަށްނުދާ ކުދިންގެ ތަފާސްހިސާބު އެއްކުރުމާއި، އެ ތަކެތި ބެލެހެއްޓުމާއި، މިފަދަ ދަރިވަރުން ސްކޫލަށް ކިޔަވަން ގެނައުމަށް ހިންގާ ހަރަކާތްތައް، ސްކޫލްތަކާއި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގުމުގައި ކުރަންޖެހޭ ކަންކަން، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
  4. ދަރިވަރުންގެ ކުރިއެރުމާބެހޭ ތަފާސްހިސާބު އެއްކުރުމާއި، އެ ތަކެތި ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތާ ގުޅިގެން ޔުނިޓުން ކުރާ ދިރާސާތައް ކުރުމުގައި ކުރަންޖެހޭ ކަންކަން، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
  5. ސްކޫލްތަކުގެ ނަތީޖާއާއި ޢިމާރާތްތަކާއި ވަސީލަތްތަކުގެ ތަފާސްހިސާބު އެއްކުރުމާއި، އެތަކެތި ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތަށް ބޭނުންވާ ދިރާސާ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
  6. ސްކޫލްތަކުގެ އިންޓަރނަލްއާއި އެކްސްޓަރނަލް ސުޕަވައިޒަނުގައި ބަރާބަރު ސްކޫލް އިންޑިކޭޓަރޒްއަށް ޢަމަލުކުރޭތޯ ބަލައި، ކަށަވަރުކުރުމުގައި ކުރަންޖެހޭ ކަންކަން، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
  7. އަތޮޅުތަކުގެ ސްކޫލްތަކުން ކޮންމެ މަހަކު ތައްޔާރުކުރަންޖެހޭ މުސާރަ ޝީޓު ތައްޔާރުކޮށް، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ސީ. ސެކްޝަނަށް ފޮނުވާތޯ ކަށަވަރުކޮށް، އެ މަޢުލޫމާތު ސްޕަވައިޒަރަށް ލިޔުމުން ދިނުން.

ޝަރުޠު:                                         

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ނޮވެންބަރު 23 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 17 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ. 

06 ނޮވެންބަރު 2014
ހޯދާ