އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މުދާ ނީލަންކިޔުމަށް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައިހުރި، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ ނީލަންކިޔުމަށް ފުރުޞަތު ހުޅުވާލަމެވެ.

1- މެޝިނުގެ ބައިތައް

2- ދަގަނޑުގެ ބައިތައް

3- ލޯނަރު

4- އެއަރކޯން، އެއަރކޯންގެ ބައިތައް

5- ޕްލާސްޓިކް (ހަން)

6- އެލްމިނިއަމްގެ ބައިތައް

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،

އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

ތަން

ގަޑި

 ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސް ހޯލް

10:00

 10 ނޮވެންބަރު 2014

ނީލަމުގައިބައިވެރިވުމަށް ނަންނޯޓްކުރުން

  • ނީލަމުގައި ބައިވެރިވެވޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. 
  • ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު

    ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ކޮންފަރެންސް ހޯލް 

13:00 

12 ނޮވެންބަރު 2014 

އަގު ހުށަހެޅުއްވުމަށް

  • އަގު ހުށަހަޅުއްވާނީ ކޮންމެ ބަޔަކަށް ވަކިން ކިލޯއަކަށް ޖެހޭ

    އަދަދާއި، ޖުމްލަ އަގު އެނގެން އޮންނާނެ ގޮތަށެވެ.

އައި.ޖީ.އެމް.އެޗް 

10:00

10 ނޮވެންބަރު 2014 

މުދާ ބެލުމުގެ އިންތިޒާމު

މުދާ ގެންދިޔުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު،

ނީލަމުން ނަގާ މުދާ 36 ގަޑިއިރުގެ ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ،

ނީލަން ނެގި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ތަކެތި ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު:                  

 ނީލަމުގައި ބައިވެރިވުމަށް ހާޒިރު ނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިހޮސްޕިޓަލުގެ ނަންބަރު 3335349 ފޯނަށް ގުޅުއްވުން އެދެމެވެ. 

09 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ