ދިވެހިރާއްޖެ
އިޢުލާން
ގދ. ރަތަފަންދޫ ކައުންސިލްގެ ފުޓްސަލް މުބާރާތް 2022 ރާވާ ހިންގާނެ ފަރާތެއް ހޯދުން
މިހާރު ހިނގަމުންދާ ރަތަފަންދޫ ފުޓްސަލް ދަނޑު މަރާމާތުކޮށް ނިމުމުން ޑިސެމްބަރ މަހު ރަތަފަންދޫގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކައުންސިލްގެ 2022ވަނަ އަހަރުގެ 38ވަނަ އާންމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. އެހެންކަމުން ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މުބާރާތް ރާވާ ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ގދ.ރަތަފަންދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.
މި މުބާރާތް ބޭއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 30 އޮކްޓޯބަރ 2022 ވާ (އާދީއްތަ) ދުވަހުގެ 10:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާގެ ނަންބަރ 6840025 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ރައްދުކުރެވޭނެއެވެ.
ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: ( https://forms.gle/8zciMjjQen2rDbDf6 )
މަޢުލޫމާތު ސާފުކުރުން އޮންނާނީ 30 އޮކްޓޯބަރ 2022 ވާ (އާދީއްތަ) ދުވަހުގެ 13:00ގައި ރަތަފަންދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ނޮވެމްބަރ 2022 ވާ (އާދީއްތަ) ދުވަހުގެ 10:00ގައި ރަތަފަންދޫ ކައުންސިލް އިދާރާގައި އެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 އޮކްޓޯބަރ 2022 ވާ (ބުދަ) ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.
އީ-މެއިލް:[email protected]