މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު

މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 2

ރޭންކް: އެމް. އެސް 2

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2  

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 1. ސްކޫލްތަކުގެ އަހަރީ ބަޖެޓް އެކުލަވައިލުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކަމާގުޅޭ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ފައިލުކޮށް ބެލެހެއްޓުން.
 2. ޔުނިޓްގެދަށުން ހިނގާ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ސްޕަވައިޒަރުގެ ބެއްލުވުމުގެދަށުން ފުރައި، ސްޕަވައިޒަރާއި މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމުތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 3. ސްކޫލު އުމުރުފުރައިގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް ނުދާ ކުދިންގެ ތަފާސްހިސާބު އެއްކުރުމާއި، އެ ތަކެތި ބެލެހެއްޓުމާއި، މިފަދަ ދަރިވަރުން ސްކޫލަށް ކިޔަވަން ގެނައުމަށް ހިންގާ ހަރަކާތްތައް، ސްކޫލްތަކާއި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގުމުގައި ކުރަންޖެހޭ ކަންކަން، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
 4. ދަރިވަރުންގެ ކުރިއެރުމާބެހޭ ތަފާސްހިސާބު އެއްކުރުމާއި، އެ ތަކެތި ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތާ ގުޅިގެން ޔުނިޓުން ކުރާ ދިރާސާތައް ކުރުމުގައި ކުރަންޖެހޭ ކަންކަން، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
 5. ސްކޫލްތަކުގެ ނަތީޖާއާއި ޢިމާރާތްތަކާއި ވަސީލަތްތަކުގެ ތަފާސްހިސާބު އެއްކުރުމާއި، އެ ތަކެތި ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތަށް ބޭނުންވާ ދިރާސާ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
 6. ސްކޫލްތަކުގެ އިންޓަރނަލްއާއި އެކްސްޓަރނަލް ސުޕަވައިޒަނުގައި ބަރާބަރު ސްކޫލް އިންޑިކޭޓަރޒަށް ޢަމަލުކުރޭތޯ ބަލައި، ކަށަވަރުކުރުމުގައި ކުރަންޖެހޭ ކަންކަން، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
 7. އަތޮޅުތަކުގެ ސްކޫލްތަކުން ކޮންމެ މަހަކު ތައްޔާރުކުރަންޖެހޭ މުސާރަ ޝީޓު ތައްޔާރުކޮށް، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ސީ. ސެކްޝަނަށް ފޮނުވާތޯ ކަށަވަރުކޮށް، އެ މަޢުލޫމާތު ސްޕަވައިޒަރަށް ލިޔުމުން ދިނުން.

ޝަރުޠު:                         

 1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން.

ހ. މި ޤާގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ނޮވެންބަރު 23 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 17 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ. 

06 ނޮވެންބަރު 2014
ހޯދާ