ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ގެ ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތަށް ކޮންޓްރެކްޓް އުސޫލުން މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
މަޤާމު: |
އޮގްޒިލަރީ ފަޔަރމަން |
ސްޓޭޝަން: |
ދ. ކުޑަހުވަދޫ ފަޔަރ ސްޓޭޝަން |
މުސާރަ: |
(މަހަކު) -/4465 ރުފިޔާ |
އެލަވަންސް: |
(މަހަކު) -/1500 ރުފިޔާ |
ބޭނުންވާ އަދަދު: |
3 |
މަސައްކަތް ކުރަންޖެހޭ ތަން: |
ދ. ކުޑަހުވަދޫ |
ފެންވަރު ނުވަތަ ޝަރުޠު:
|
ގްރޭޑް 8 ގެ ފެންވަރު ހުރުމާއި، އިސްކޮޅުން 5 ފޫޓް 5 އިންޗި ހުރުން، އަދި ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހުންކަމުގައި ވުމާއި، ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހުންކަމުގައިވުން. މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ. މި ވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގެ ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖުރިބާ އާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު
|
އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ޙާދިސާ ތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ޙާދިސާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލައި ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުން ވެސް ހިމެނެއެވެ. |
ވީމާ، މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އައި.ޑީ. ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ދ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322601 އެކްސްޓެންޝަން 4281 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
9 މުޙައްރަމް 1436