ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ، އެޗް. އާރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް.އެސް 3 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ނަންބަރު
|
250071
|
ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/7035ރ
ސަރވިސް އެލަވަންސް: -/2000 ރ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީ އާއި ދަށުގައިވާ ދާއިރާތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާ ބެހޭ ހުރިހާކަމެއް ބެލެހެއްޓުން.
- މި މިނިސްޓްރީ އާއި ދަށުގައިވާ ދާއިރާތަކުގެ މުވައްޒަފަކު ނިޔާވެއްޖެނަމަ، އެކަން އަންގަންޖެހޭ ފަރާތަކަށް އެންގުން.
- މުވައްޒަފުންގެ ރަޖިސްޓަރީ، ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓަރީ، ހުސް މަޤާމުތަކުގެ ރަޖިސްޓަރީ އަދި ފޮހޭ ރަޖިސްޓަރީ ބެލެހެއްޓުން.
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އޭގެ ރިކޯޑު ބެލެހެއްޓުން.
- މިނިސްޓްރީގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ސެކްޝަން/ޔުނިޓުތައް ފާހަގަ ކުރުމުން ސެކްޝަން ހެޑާއެކު މަޝްވަރާކޮށް ޕަރމަނަންޓް ސެކްރެޓަރީއަށް ރިޕޯޓު ކުރުން.
- މުޅި ދާއިރާގެ މުވައްޒަފުންގެ ޑޭޓާތައް އަޕްޑޭޓް ކުރޭތޯ ޗެކުކުރުން.
- މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓޭތޯ ޗެކުކުރުން.
- މުވައްޒަފުންގެ ޗުއްޓީއާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
- މުވައްޒަފަކު އޭނާގެ ވަޒީފާއާ ގުޅޭގޮތުން ލިޔުމަކަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އެލިޔުމެއް މުވައްޒަފަށް ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.
- އިތުރުގަޑީގެ ހާޒިރީ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާތޯ ޗެކުކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ އެންމެހާ އިދާރާތަކުގެ މުވައްޒަފުންގެ އުޖޫރަ އާއި ޢިނާޔަތްތައް ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.
- މިނިސްޓްރީގެ އެކިއެކި އިނާޔަތްދޭ މުވައްޒަފުންގެ އިނާޔަތް ދިނުމުގެ ރިކޯޑު ބެލެހެއްޓުން.
- ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތައް ކުރުން.
- މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2014 ނޮވެންބަރު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
09 މުޙައްރަމް 1436
|