ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓަރީ ކުރުމަށް ހުޅުވާލުން

ދައުލަތުގެ  މާލިއްޔަތު  ޤަވާއިދުގައިވާ  ޝޮޕިންގ   އުސޫލުން  ޖުމްލަ  އަގު 35,000.00ރ ( ތިރީސްފަސްހާސް ރުފިޔާ ) އިން ދަށުގެ ، މިއިދާރާގެ ބޭނުމަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތް ހޯދުމަށް ވެންޑަރ ރަޖިސްޓްރީ ކުރުމަށްޓަކައި ފުރުސަތު ހުޅުވާލަމެވެ. މިކަމުގެ މަގްސަދަކީ ވީހާވެސް ގިނަވިޔަފާރިތަކަށް އަގު ހުށައެޅުމުގެ ފުރުސަތު ދިނުމާއި އެފަރާތްތަކާއި އޮންނަ ގުޅުން ރަނގަޅު ކުރުމުގެ އިތުރުން މުދަލާއި ޚިދުމަތް ހޯދުމުގައި ފަސޭހަ ގޮތްތަކެއް ގާއިމްކުރުމެވެ.

ވީމާ، ވެންޑަރ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ " ވެންޑަރ ރަޖިސްޓްރީ ފޯމް "  ފުރިހަމަކުރެއްވުމަށްފަހު،  ފޯމުގައި   ބަޔާންކުރާ  ލިޔުންތަކާއެކު 09 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން  ތިރީގައިވާ މެއިލްއަށް މެއިލްކޮށް ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވެންޑަރ ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް ގެޒެޓްލިންކްގެ އިތުރުން ހޮސްޕިޓަލްގެ ކައުންޓަރުންނާއި ހޮސްޕިޓަލްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މެއިލް ކުރައްވާނެ މެއިލް އެޑްރެސް: [email protected]

               

އިތުރު މަޢްލޫމާތު ހޯއްދެވުމަށް މިހޮސްޕިޓަލްގެ ޕްރޮކިޔުމަންޓް ނަމްބަރ 6620156 އަށް ގުޅުއްވުން އެދެމެވެ. 

23 އޮކްޓޫބަރު 2022
ހޯދާ