ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑިރެކްޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އީ. އެކްސް. 1 / ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ނަންބަރު
|
250067
|
ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/8835ރ
ސަރވިސް އެލަވަންސް: -/2000 ރ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އައި.ސީ.ޓީ އާއި ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އައި.ސީ.ޓީ ޕްލޭންގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
- އައި.ސީ.ޓީ ސެކްޝަންގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި ކަމާބެހޭ މުވައްޒަފުންނަށް ލަފައާއި އެހީތެރިކަން ދިނުން.
- އައި.ސީ.ޓީ ސެކްޝަނުންކުރާ މަސައްކަތްތަކުގައި، ފަންނީ ގޮތުން ބަލަންޖެހޭ އެންމެހާ ކަންތައްތައް ބަލައި މިކަންތައްތައް މަގުފަހިކޮށްދިނުން.
- އައި.ސީ.ޓީ ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާތޯ ބެލުން.
- އައި.ސީ.ޓީ ދާއިރާގެ ޤާނޫނީ އޮނިގަނޑު އެކުލަވާލައި މީގެ ދަށުން މަސައްކަތްތައް ރާވައި ހިންގުން
- އައި.ސީ.ޓީ އެންމެހާ ކަންތައް ޒިންމާދާރު ކަމާއެކު ރޭވުންތެރި ގޮތަކަށް ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރުވުން.
- މިނިސްޓްރީގެ ސެކްޝަންތަކާއި ޔުނިޓުތަކަށް ބޭނުންވެގެން އައި.ސީ.ޓީއާ ގުޅޭ ގޮތުން ހޯދަންޖެހޭ ނުވަތަ ގަންނަންޖެހޭ ތަކެތި ހޯދައިދީ، ހޯދަންޖެހޭ ޚިދުމަތްތައް ހޯދައިދިދީ އަދި މަސައްކަތްތައް ކުރުވުން.
- އައި.ސީ.ޓީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައް ރޭވުމާއި، ރާވާ ގޮތުގެމަތިން ކަންތައްތައް ހިނގާތޯ ބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުން
- ސެކްޝަނުގެ މުވައްޒަފުން މަސައްކަތް ކުރާގޮތް ބަލައި އިސްލާޙުކުރަންޖެހޭ އެންމެހާ ކަންތައްތައް އިސްލާޙު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. (މިގޮތުން މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ކަންކަން ކުރަންވީ ގޮތުގެ ލަފައާއި އިރުޝާދު ދިނުން ހިމެނެއެވެ.)
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާއިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި، ޕްރޮގުރާމުތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރާ މުވައްޒަފުންނަށް މަގުފަހިކޮށްދިނުމާއެކު އަމަލީގޮތުން އެކަންކަމުގައި ބައިވެރިވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު
- ލީޑަރޝިޕް ހުނަރު
- ވިންޑޯސް ސާރވާރ، ޕީއޭބީ އެކްސް އަދި ޕްރޮގްރާމިންގ ލެންގުއޭޖަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައި ވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް އާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު އަދި ޕްރެޒެންޓޭޝަން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2014 ނޮވެންބަރު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއު އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
09 މުޙައްރަމް 1436
|