ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފަޔަރވޯލް ލައިސެންސް އަދި ނެޓްވަރކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް – އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރުން

ނަންބަރު:  485/1/2022/76(IUL)                                             ތާރީޚް:  20 އޮކްޓޯބަރ 2022

 

 

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފަޔަރވޯލް ލައިސެންސް އަދި ނެޓްވަރކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް – އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރުން

ތަޢާރަފް       

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފަޔަރވޯލް ލައިސެންސް އަދި ނެޓްވަރކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  485/1/2022/75(IUL) (12 އޮކްޓޯބަރ 2022) އިޢުލާނާއިގައިވާ އިދާރީ ކުށަކާއި ގުޅިގެން މި އިޢުލާން ބާތިލް ކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުން:

 

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  27 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ.

މިސުވާލުތަކަށް 27 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.

 

ބިޑް ސެކިއުރިޓީ

 މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 5,090.00ރ (ފަސްހާސް ނުވަދިހަ ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

 

ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

20 އޮކްޓޫބަރު 2022
ހޯދާ