މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އޮފިސަރ (ޓްރޭނީ)، ލީގަލް ސަރވިސް (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އޮފިސަރ (ޓްރޭނީ)، ކޮމިޝަނަރސް ބިއުރޯ (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް އޮފިސަރ، ކޮމިޝަނަރސް ބިއުރޯ (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

އޮފިސަރ (ޓްރޭނީ)، ލީގަލް ސަރވިސް (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލީގަލް ސަރވިސް ޑިޕާޓްމަންޓް / ލީގަލް ސަރވިސް ޑިވިޜަން / ލީގަލް ސަރވިސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޕެރަލީގަލް މަސައްކަތްތައް ކުރުން

 ޝަރުޠު:

އޮފިސަރ (ޓްރޭނީ)

އޭލެވެލް 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

އެސިސްޓަންޓް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން

 

  • މި މަގާމަށް މުވައްޒަފުން ހޮވުމުގައި ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ މުވައްޒަފުންނަށް އިސްކަން ދެވޭނެއެވެ.

މަގާމު:

އޮފިސަރ (ޓްރޭނީ)، ކޮމިޝަނަރސް ބިއުރޯ (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް އޮފިސަރ، ކޮމިޝަނަރސް ބިއުރޯ (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ކޮމިޝަނަރސް ބިއުރޯ

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ކޮމިޝަނަރ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ ބޭނުންވާ އިދާރީ އެންމެހައި ކަންތައްތައް ކުރުމާއި ބިއުރޯގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓްގެ ޒިންމާ އަދާކުރުން

 ޝަރުޠު:

އޮފިސަރ (ޓްރޭނީ)

އޭލެވެލް 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

އެސިސްޓަންޓް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން

 

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-  އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-  މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ. 

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ނޮވެންބަރު 2022  ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

20 އޮކްޓޫބަރު 2022
ހޯދާ