އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައުކެނޑި ބްރިޖްގެ ފެންސް ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

އައްޑޫސިޓީގެ ގައުކެނޑި ބްރިޖްގެ ފެންސް ގެނެސްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރިން ކުރެވުނު ނަންބަރު: EC/IUL/2014/115-ފ426 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއަށް މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2014 (ހޯމަ) ދުވަހުގެ 11:00 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ނޮވެންބަރު 2014 (ހޯމަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ އަގާއި މަސައްކަތުގެ އަގު އަދި ޖީއެސްޓީ ވަކިން އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ