ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މި މިނިސްޓްރީގެ ނަންބަރު 85/2014/22/D-22(IUL (ސެޕްޓެންބަރު 18، 2014) ޢިއުލާނަށް ކުރިމަތިލީ ފަރާތަތްތަކުގެ ތެރޭގައި މަޤާމަށް އެކަށީގެންވާ ޤާބިލް ފަރާތެއް ކުރިމަތިލާފައިނުވާތީ، އެއި ޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.
މަޤާމް: ޓީޗަރ (އާޓް)
ބޭނުންވާ އަދަދު: 1
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: "އެންމެ ކުއްޖެއްވެސް ބާކީ ނުކުރާނަން" ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ "ސްކީމް އޮފް ވޯކް" ގައިވާގޮތަށް މަންހަޖުގައި ބަޔާންކޮށްފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.
- އާޓް ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
- ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
- ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
ޝަރުޠު:
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ގްރެޖުއޭޓް ޓީޗަރ ކޮލިފައިޑް ޓީޗަރ |
MS2 |
ޓީޗިންގ ސަރވިސް އޮފިސަރ 3 |
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
6295 |
2500 |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
7035 |
||
ގްރެޖުއޭޓް ޓީޗަރ |
MS4 |
ޓީޗިންގ ސަރވިސް އޮފިސަރ 5 |
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، - ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، - ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
7875 |
|
ކޮލިފައިޑް ޓީޗަރ ސީނިއަރ ޓީޗަރ |
EX1 |
ޓީޗިންގ ސަރވިސް އޮފިސަރ 6 |
- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ، - ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގައި ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
8835 |
|
EX2 |
ޓީޗިންގ ސަރވިސް އޮފިސަރ 7 |
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. - ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
9890 |
||
EX3 |
ޓީޗިންގ ސަރވިސް އޮފިސަރ 8 |
- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
11065 |
||
|
EX4 |
ޓީޗިންގ ސަރވިސް އޮފިސަރ 9 |
- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
12400 |
|
ސީނިއަރ ޓީޗަރ |
EX5 |
ޓީޗިންގ ސަރވިސް އޮފިސަރ 10 |
- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
13890 |
|
EX6 |
ޓީޗިންގ ސަރވިސް އޮފިސަރ 11 |
- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
15560 |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
އިންޓަރވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ނޮވެންބަރު 23 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ކިޔޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން/ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 17 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.