މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އޮފީހުގެ ބައުވެ ހަލާކު ވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ

ނީލަން ކިޔުން

ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިކައުންސިލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ، އެތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް މިކައުންސިލްގެ ނަންބަރު: (IUL)306/306/2022/43 އިޢުލާނުން ވަނީ ގެޒެޓް ކުރެވިފައެވެ. ނަމަވެސް، ނީލަމުގައި ބައިވެރިވި އެއްވެސް ފަރާތަކުން ތަކެތި ގަނެފައިނުވާތީ، މި ތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާން ކުރަމެވެ.

ނީލަން ކިޔުމަށް ކަނޑައަޅާފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 4 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާ ގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، ނީލަމުން މިތަކެތި ނަންގަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެންބަރު 01 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް މި ކައުންސިލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2022
ހޯދާ