މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ، އެގްޒެކެޓިވް ބިއުރޯ

މަޤާމް: އެސިސްޓެންޓް މެނޭޖަރ، އެގްޒެކެޓިވް ބިއުރޯ
ޑިޕާޓްމަންޓް: އެގްޒެކެޓިވް ބިއުރޯ
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ދާއިމީ  (ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ 1  އަހަރުގެ މުއްދަތަށެވެ. އަދި 3 މަސް ދުވަހުގެ ޕްރޮބޭޝަން ހިމެނޭ ގޮތަށް 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.) 
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޤާނޫނީ ރޮނގުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ޙާޞިލްކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާޞިލްކޮށްފައިވުން. 

  2. ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާޞިލްކުރުމަށްފަހު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުންމަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

   މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި، ޕްރޮފެޝަނަލް "ކޮމްޕެނީ ސެކްރެޓަރީ ޓްރެއިނިންގ" ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  


މުސާރަ އާއި ޢިނާޔަތްތައް:

  • އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 23،500.00ރ

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްއޫލިއްޔަތުތައް މިއިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް  www.pension.gov.mv ގައި އިޢުލާނާއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު ތިރީގައިވާ މިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) ސާފު ކޮޕީ 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)

ނޯޓް:

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެން ވެއެވެ.

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 1 ނޮވެންބަރު 2022 އާއި 17 ނޮވެންބަރު 2022 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 


ސުންގަޑި: 

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުމާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް 1441 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441

19 އޮކްޓޫބަރު 2022
ހޯދާ