މަޤާމުގެ ޝަރުޠު:
|
1. މާކެޓިންގ ނުވަތަ ގްރެފިކްސް ނުވަތަ ކޮމިޔުނިކެޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުން ނުވަތަ ގިނަ ދުވަސްވީ މުއްސަނދި ތަޖުރިބާތަކެއް ދާއިރާއިން ލިބިފައިވުން. ނުވަތަ،
2. ހުރިހާ މީޑިއާއެއް މެދުވެރިކޮށް (ކުރީގެ، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ) އިދާރީ މާޙައުލެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މާކެޓިންގ ޕްލޭންތައް މެނޭޖްކޮށް ތަންފީޒުކުރުމުގައި މާކެޓިންގ މެނޭޖަރަށް އެހީތެރިވުމާއި، ރޭވުމާ އެއްގޮތަށް ބަޖެޓުގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒުކުރުން.
- މާކެޓިންގ މެނޭޖަރަށް ބޭނުންވާ މާކެޓް ރިސާޗް ކުރުމާއި، ރިޕޯޓާއި ބްރީފްތަކާއި އަޕްޑޭޓްތައް އެކުލަވައިލުން.
- މާކެޓިންގެ ހަރަކާތްތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި، އިވިޔޫކުރުމުގައި މާކެޓިންގ މެނޭޖަރަށް އެހީތެރިވުން.
- މާކެޓިންގއާ ގުޅޭ މުވައްޒަފުންނަށް ވާނުވާ އަންގައި އެހީތެރިވުން.
- މާކެޓިންގއާ ބެހޭގޮތުން އެކުލަވައިލާފައި ހުންނަ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި އެހީތެރިވުން.
- މާކެޓިންގ މެނޭޖަރު އަންގާ އެހެން މަރކެޓިންގ ހަރަކާތްތަކުގައި ބައިވެރިވުން.
- ޔުނިވަރސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުސަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއްޔާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
- ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި ތަންތަނާއި މީހުންގެ ފޮޓޯއާއި ކުރެހުމާއި ލިޔުމުގެ ލައިބްރެރީއެއް އެކުލަވައިލާ ކެޓްލޮގްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ ޕްރޮމޯޝަނާބެހޭ ޖަލްސާތަކާއި ކޮމިޓީތަކާއި ޓާސްކްފޯސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
5.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
|