ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
4 ރަސްކަލުންގެ ފޮތަށް ކުރެހުން ތައްޔާރުކޮށްދިނުމާ ގުޅޭ

އިޢުލާން

 

4 ރަސްކަލުންގެ ފޮތަށް ކުރެހުން ތައްޔާރުކޮށްދިނުމާ ގުޅޭ

 

މި އެކެޑަމީގެ ފަރާތުން ޕްރީސްކޫލުގެ ދަރިވަރުންނާއި، ކީ ސްޓޭޖް 1ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ 4 ފޮތަކަށް ކުރެހުން ތައްޔާރުކުރުމަށް ބޭނުންވެއެވެ. މި ފޮތްތައް ބިނާކޮށްފައިވަނީ 4 ރަސްކަލަކާ ބެހޭގޮތުންނެވެ. އެއީ

  1. ދަރުމަވަންތަ ރަސްގެފާނު
  2. ޢަލީ ރަސްގެފާނު
  3. މުޙައްމަދު ތަކުރުފާނު
  4. ދޮންބަންޑާރައިން

މި 4 ރަސްކަލުންނެވެ.

ވީމާ މި މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮކްޓޯބަރު 26 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން މި އެކެޑަމީއަށް ފޯމު ހުށައެޅުން އެދެމެވެ. މި މަސައްކަތަށްއެދި ހުށައަޅާ ފޯމު އެކެޑަމީގެ އިސްތިޤްބާލުންނާއި މި ލިންކުން https://forms.gle/sDo7ss6migy28MiX6 ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރު ފަހު 2:00އަށް ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 3028003 ފޯނާ ގުޅުއްވުން އެދެމެވެ.

 

19 އޮކްޓޫބަރު 2022
ހޯދާ