ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމަންވެލްތް ސްކޮލަރޝިޕްސް އިން ދަ ޔުނައިޓެޑް ކިންގްޑަމް - 2015/2014

ކޮމަންވެލްތް ސްކޮލަރޝިޕްސް އިން ދަ ޔުނައިޓެޑް ކިންގްޑަމް - 2015/2014

އިނގިރޭސިވިލާތް

ޤައުމު:

03 ބެޗްލަރސް ޑިގްރީ

ކޯހުގެ އަދަދު އަދި ލެވެލް:

-  ހެލްތު

-  އެޑިޔުކޭޝަން

-  އިކޮނޮމިކް ގްރޯތް އެންޑް ދަ ޕްރިވެޓް ސެކްޓަރ

-  ގަވަރނަންސް އެންޑް ކޮންފްލިކްޓް

-  ކްލައިމެޓް އެންޑް އިންވަޔަރމެންޓް

-  ވޯޓަރ އެންޑް ސެނިޓޭޝަން

-  ފުޑް އެންޑް ނިއުޓްރިޝަން

-  ހިއުމެނިޓޭރިއަން ޑިޒާސްޓަރސް އެންޑް އިމަރޖެންސީސް

އެޕްލައިކުރެވޭ ދާއިރާތައް:

ބެޗްލަރސް ޑިގްރީ

  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވެލް ސައިންސްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، IELTS އިން 6.5 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި ވަކިވަކި ބޭންޑްތަކުން 5.5 ލިބިފައިވުން.

ކޯހުގެ ޝަރުޠުތައް:

  • ކުރިމަތިލާ ކޯހުގެ ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމަންޓް މަތީގައިވާ ޝަރުޠުތަކާ ތަފާތުނަމަ، މަތީގައިވާ ޝަރުޠުތަކުގެ އިތުރުން ކުރިމަތިލާ ޔުނިވަރސިޓީގެ ރިކުއަރމަންޓްސް ފުރިހަމަ ވާންޖެހޭނެއެވެ.
  • ބެޗްލަރސް ޑިގްރީ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެއްކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާނަމަ، ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް ބެލެވޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިޕްރޮގްރާމުގެ ދަށުން ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުން، ކިޔަވަން ބޭނުންވާ ޔޫ.ކޭ ގެ ޔުނިވަރސިޓީއަކުން ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދަންޖެހެއެވެ. އެގޮތުން ޕްލޭސްމަންޓް ހޯދާނީ ތިރީގައި މިވާ ލިންކުގައިވާ އިންސްޓިޓިއުޝަންތަކުންނެވެ. މިގޮތަށް ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދިނަމަވެސް ކޯހަށް ހޮވިއްޖެނަމަ، ކެންޑިޑޭޓުން ދާނޭ އިންސްޓިޓިއުޝަނެއް ނިންމާނީ ކޯސްދެއްވާ ފަރާތުންނެވެ.
  • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.

http://bit.ly/cscuk-uk-universities

  • އެޕްލިކޭޝަން ހުށަހަޅާއިރު ޕްލޭސްމަންޓް ލިބިފައިވާނަމަ، އެޕްލިކޭޝަން ފޯމާއެކު އެޕްލޭސްމަންޓް ހުށަހަޅަންވާނެއެވެ. އަދި ޕްލޭސްމަންޓް ލިބިފައިނުވާނަމަ، ޕްލޭސްމަންޓް ހޯދުމަށްޓަކައި މަސައްކަތް ކޮށްފައިވާކަން އަންގައިދިނުމުގެ ގޮތުން ޕްލޭސްމަންޓް ހޯދުމަށްޓަކައި އެފަރާތްތަކަށް ކޮށްފައިވާ މުޢާމަލާތް ނުވަތަ އީ-މެއިލްގެ ކޮޕީތައް ހުށަހަޅަން ޖެހޭނެއެވެ.
  • ތިރީގައިމިވާ ވެބްސައިޓުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

www.dfid.gov.uk/cscuk

  • މިޕްރޮގްރާމަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ މެރިޓްބޭސިސްއަށް ބަލައި ޝޯޓްލިސްޓްކޮށް، ޝޯޓްލިސްޓްވާ ފަރާތްތައް ހުށަހަޅާފައިވާ " ޕްލޭން އޮފް ސްޓަޑީ" ޕްރޮޕޯޒަލަށް މާކްސް ދިނުމަށްފަހުއެވެ.
  • މިޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން http://www.dhe.gov.mv ލިބެން ހުންނާނެއެވެ.
  • މި ފުރުޞަތުތަކަށް ނޮމިނޭޓްވާ ކެންޑިޑޭޓުން ނޮމިނޭޓްވުމަށްފަހު އޮންލައިން އެޕްލިކޭޝަނެއް ފުރަންޖެހޭނެއެވެ.
  • މިކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ. ވީމާ، ކަނޑައެޅިފައިވާ ދުވަސްވަރު ކިޔެވުން ފެށުމަށްޓަކައި ޔޫކޭއަށް ދާންވާނެއެވެ.
  • މިޑިޕާޓްމަންޓުގެ ފަރާތުން މިކޯހަށް 3 ކެންޑިޑޭޓުން ނޮމިނޭޓްކުރިނަމަވެސް މީގެ ފައިނަލް ސެލެކްޝަން ހަދާނީ ޔޫ.ކޭ އިންނެވެ.
  • މިކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި އަންހެން އަދި ފިރިހެން ކެންޑިޑޭޓުން އެއްވަރަކަށް ބައިވެރިކުރުމަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް (http://www.dhe.gov.mv) ގައި އިޢުލާނާއެކު ވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކުއްޖާގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • "ޕްލޭން އޮފް ސްޓަޑީ" ޕްރޮޕޯޒަލް
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
  • މަދުވެގެން 3 ރިފަރެންސް ލެޓަރ
  • މެޑިކަލް ރިޕޯޓު
  • އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައިވާ އުފަންދުވަހުގެ ސެޓުފިކެޓު (އޮރިޖިނަލް އެޓެސްޓެޑް)
  • އެޕްލައިކޮށްފައިވާ ޔުނިވަރސިޓީއަކުން ފޯމަލް އެޑްމިޝަން ލެޓަރއެއް ލިބިފައިވާނަމަ އެލިޔުން. އަދި ޕްލޭސްމަންޓް ނުލިބޭނަމަ ޕްލޭސްމަންޓް ހޯދުމަށްޓަކައި ޔުނިވަރސިޓީތަކާއެކު  މުޢާމަލާތުކޮށްފައިވާކަން އަންގައިދޭ ލިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 20 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

04 ނޮވެންބަރު 2014
ހޯދާ