ދިވެހިރާއްޖެ
(IUL)178-A/1/2022/16:ނަންބަރު
އިޢުލާން
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގައި ބޭނުންކުރާ ފޯމްތަކާއިގުޅޭ
ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ގަވާއިދު ނަންބަރު: 168-އާރ/2022 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގަވާއިދު) 2022 އޮކްޓޫބަރު 17 ވަނަ ދުވަހު ވަނީ ގެޒެޓް ކުރެވިފައެވެ.
ގަވާއިދަށް ޢަމަލުކުރަން ފެށުމާއިއެކު އެން.ބީ.ސީގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް މިހާރު ބޭނުން ކުރަމުންދާ ފޯމްތަކަށް ބަދަލުގެނެވި، ކުރީގެ ފޯމްތައް ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެގޮތުން 18 އޮކްޓޫބަރު 2022 އިން ފެށިގެން އެން.ބީ.ސީގެ ޚިދުމަތްތަކަށް އެދި ހުށަހަޅާއިރު އަލަށް ތައާރަފް ކުރެވުނު ފޯމްތައް ބޭނުންކުރެއްވުން އެދެމެވެ. އަދި އަލަށް ތައާރަފްކުރެވިފައިވާ ފޯމްތައް މި ބިއުރޯގެ ކައުންޓަރުންނާއި، ވެބްސައިޓް (www.nbc.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3312900، 3015400 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
19 އޮކްޓޫބަރު 2022
23 ރަބީޢުލްއައްވަލް 1444