ދިވެހިރާއްޖެ
c
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ރ. ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2022/90
އިޢުލާނު
ލޭންޑްޔޫސް ޕްލޭނާއިބެހޭގޮތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން:
މިހާރު މިގެންދަނީ މިރަށުގެ ލޭންޑްޔޫސް ޕްލޭން އަލުން އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު އެކުލަވައިލަމުންދާ މިރަށުގެ ލޭންޑްޔޫސް ޕްލޭން ރައްޔިތުންނަށް ޙިއްސާކޮށް މަޢުލޫމާތު ދިނުމުގެ ގޮތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުމެއް 21 އޮކްޓޯބަރ 2022 ވާ ހުކުރު ދުވަހުގެރޭ 8:30 ގައި ދުވާފަރު ޕްރައިމަރީ ސްކޫލް ހޯލްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމަށް ވީހާވެސްގިނަ އަދަދެއްގެ ރައްޔިތުން ޙާޟިރުވެ ވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަމުގައިވާތީ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
21 ރަބީޢުލްއައްވަލު 1444
17 އޮކްޓޯބަރ 2022
ޙަސަން ޙަކީމް
ދުވާފަރު ކައުންސިލްގެ ރައީސް