ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓް
ތ.ދިޔަމިގިލި
ދިވެހިރާއްޖެ
ނަމްބަރު: N04C-A/IU/2022/05
ޢިއުލާން
ތަރުޖަމާނުން ހޯދުމާއިގުޅޭ.
މިކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ތަރުޖަމާނެއްހޯދަން ބޭނުންވާތީ، ތިރީގައި މިވާ ބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އެ ލިޔުންތައް ފޮނުވާނީ، (އީ-މެއިލް: [email protected]) އަށެވެ.
- އިނގިރޭސިބަސް ދިވެހި ބަހަށް ތަރުޖަމާކުރުން – ދިވެހިބަސް އިނގިރޭސި ބަހަށް ތަރުޖަމާކުރުން
ޝަރުތު: އިނގިރޭސި ބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އިނގިރޭސި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.
އުޖޫރަ: ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)
ހުށަހަޅަންޖެހޭ ތަކެތި:
- އެދޭ ސިޓީ
- ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ
- ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
- ވަނަވަރު
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 26 އޮކްޓޫބަރ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.