ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 58 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 58 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
5 ނޮވެމްބަރ 2022 |
ބައްދަލުވުން ބޭއްވި ގަޑި: |
09:150 |
ނިންމުންތައް
- 226009 (ފަރުނީޗަރ ކޯޑުން) 570 ރުފިޔާ 223011 (އުފުލުމުގެ ޙަރަދު ކޯޑަށް) ކޮންޓްރޯލް ހެދުމަށް ނިންމުނު.
- މުޙައްމަދު ޒިޔާދު ހުށަހަޅާފައިވާ މާޒިޔާ ގޯއްޗަށް އެޅިފައިވާ ކަރަންޓްކޭބަލް ހަލާކުވެފައިވާ މައްސަލައިގައި މިވަގުތު ޑިސްޓްރިބިއުޝަން ބޮކްސްއިން ފެށިގެން އެކިދުވަސްމަތިން ގޯތީގެ އިންފާރާއި ހަމައަށް ކޮނުމަށްފަހު ކަރަންޓް ކޭބަލް ބެލިފައިވާކަމާއި އަދި ކޭބަލްގެ މައްސަލަ ޖެހިފައިވާ ހިސާބު 2 ފަހަރު ރަނަގަޅުކުރެވި މައްސަލައެއް ނޫޅޭކަން ޔަގީންކުރެވިފައިވާކަން ވެރިފަރާތައް އެންގުމަށް އަދި ގޯތީގެ ތެރޭގައިވާ ސަރަހައްދު ކޮނުމަށްފަހު ކައުންސިލައް އެންގުމުން ނަރު ބެލުމަށްފަހު އިތުރަށް ކުރަންހުރި ކަންކަން ކުރިޔައްގެންދާނޭކަމަށް ވެރިފަރާތައް އެންގުމަށް ނިންމުނު.
- އިބްރާޙިމް ރަޝީދު ހުށަހަޅާފައިވާ ސިޓީއާއި ގުޅޭގޮތުން ސިޓީގައި އެދިލައްވާފައިވާ ގޭގެ ތަޅުދަނޑި ނެގުމުގެ ހައިސިއްޔަތެއް މިވަގުތު ކައުންސިލަގެ ނެތްކަމަށާއި ކޯޓު މެދުވެރިކޮށް މައްސަލަ ކުރިޔައްގެންދިއުމަށް އެފަރާތައް ލަފާދިނުމަށް ނިންމުނު.
- ވަންދޫ ސްކޫލުގެ ސިޓީން ސްކޫލައް ބޭނުންވާ ތަކެތީގެ ގޮތުގައި ހުށަހަޅާފައިވާ ކޮންޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޓީވީ އަދި އެއަރ ކޮންޑިޝަން ހޯދުމަށް ނިންމުނު އަދި އެނހީދޭ ފަރާތްތަކަށް ތަކެތި ހޯދުމަށް ސިޓީ ފޮނުވުމަށް ނިންމުނު.
- ވަންދޫ ސްކޫލަށް 18000 ބީ.ޓީ.ޔޫ ގެ 2 އެއަރކޮންޑިޝަން ހަދިޔާކުރުމަށް ނިންމުނު.
05 އޮކްޓޫބަރު 2022
ހޯދާ