ދިވެހިރާއްޖެ
އިޢުލާން
ކުނި އަންދާ ސަރަޙައްދުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދުން
ރަށުގެ ކުނި އަންދާ ސަރަޙައްދުގައި ފެންސު ޖަހާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ.
އަގުބަލާ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚާއި ގަޑި: |
2022 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން |
އަގުބަލާ ފޯމްތައް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: |
2022 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 10:15 |
ހުށަހަޅާ ފޯމްތަކަށް މާރކްސް ދިނުމުގައި ބަލާނެ މިންގަނޑު |
|
އަގު |
90% |
ތަޖުރިބާ |
10% |
އިތުރު މަޢުލޫމާތު:
- އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ރަށުގެ ކުނި އަންދާ ސަރަޙައްދުގައި ފެންސް ޖަހައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.