ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ރަށުގެ ހުސްބިން ބޭނުން ކުރުން، އަދި އެކަންކަމަށް ފީ ނެގުމާއިބެހޭ ގަވައިދަށް ޢަމަލުކުރުމުގެ އުޞޫލު

                                                                                                                                                      

މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ރަށުގެ ހުސްބިން ބޭނުން ކުރުން، އަދި އެކަންކަމަށް ފީ ނެގުމާއިބެހޭ ގަވައިދަށް ޢަމަލުކުރުމުގެ އުޞޫލު

ތަޢާރަފާއި ނަން  

01.

(ހ) މިއީ، ޤާނޫނު ނަމްބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު އެ މާއްދާގެ (ވ) ގެ ދަށުން ކައުންސިލުން އެކުލަވާލައި 25 ޑިސެމްބަރ 2013 ގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޤާނޫނީ ބާރު ލިބިފައިވާ، ނަމްބަރު: 2013/R-1572 "މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދު" ގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލެވެ. 

(ށ) މި އުޞޫލަށް ކިޔާނީ " މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި، ރަށުގެ  ހުސްބިން ބޭނުންކުރުން، އަދި އެކަންކަމަށް ފީނެގުމާއިބެހޭ ގަވައިދަށް ޢަމަލުކުރުމުގެ އުޞޫލު" އެވެ.

ޢަމަލު ކުރަން ފަށާ ތާރީޚު

02.

މި އުޞޫލަށް ޢަމަލު ކުރަން ފަށާނީ، މި އުޞޫލު ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

މިގޮތަށް ގާޑިޔާ ދޫކުރެވޭނީ މިލާދީ 1 އަހަރު ދުވަހު މުއްދަށެވެ. 2 ވަނަ އަހަރަށް އިޢުލާނު ކުރާއިރު ޖޫރިމަނާއެއްނެތި ކައުންސިލަށް ކުލިދެއްކުމާއެކި އެއްބާރުލުން ދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި އުޞޫލު ހިންގުމާއި އިސްތިސްނާތައް

03.

ހޮޓާ ރެސްޓޯރަންޓް އަދި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކާއި އެފަދަ ޚިދުމަތްދޭ ތަންތަން މި އުޞޫލުން އިސްތިސްނާވެގެންވެއެވެ.

ޢާއްމު ތަންތަނުގައި އެއްތަނުން އަނެއްތަނަށް އުފުލޭގޮތަށް ހަދާފައި ހުންނަ ތަކެތީގައާއި އެނޫންވެސް ގޮތްގޮތުން ވިޔަފާރި ކުރުން

 

 

މަގުމަތީގައިކާބޯތަކެތި ވިއްކުމަށްދެވޭނެ ސަރަޙައްދުގެ

 

ބޮޑުމިން.

04.

 

 

 

 

 

05

(ހ) ޢާއްމު މަގެއް ނުވަތަ ސަރަޙައްދެއްގައި ގާޑިޔާ ނުވަތަ ގާޑިޔާއާއި މޭޒު ބަހައްޓައިގެން ކާބޯތަކެތި، ނުވަތަ އެނޫންވެސް އެއްޗެއް ވިއްކަންވާނީ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ. 

(ށ) ކައުންސިލުން ވަކިގޮތަކަށް ހުއްދަ ލިބިގެން ނޫނީ، ޢާއްމުތަނެއްގައި ނުވަތަ މަގުމަތީގައި އެއްތަނުން އަނެއްތަނަށް ބަދަލު ނުކުރެވޭ ގޮތަށް ތަނެއްހަދައިގެން ނުވަތަ ޢިމާރާތް ކޮށްގެން ވިޔަފާރި ކުރުމަކީ މަނާކަމެކެވެ.

 

(ހ) މަގުމަތީގައި ގާޑިޔާ ނުވަތަ އެނޫންވެސް އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހަދާފައި ހުންނަ ތަކެތި، ބޭއްވުމަށް ޖާގަ ދެވޭނީ އެފަދަ އެއްޗެއް ބޭއްވުމަށް ޚާއްޞަކުރެވޭ ތަނުގައެވެ.

 

މިގޮތުން ގާޑިޔާތަކުގައި ވިޔަފާރި ކުރުމަށް ހުއްދަ ދެވޭނީ ޖާގަ އޮންނަ ބޮޑެތި މަގުތަކުން، ނުވަތަ އިޖުތިމާޢީ ސަރަޙައްދުތަކުން، ތިރީގައިވާ ގޮތުގެމަތިންނެވެ.

 

 

 

 

 

 

 

 

 

ވިޔަފާރި ކުރުމުގެ ވަގުތު

 

 

 

 

 

 

 

 

 

 

06.

1. އިޖުތިމާޢީ ސަރަޙައްދުތަކުން ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ދެވޭނީ ކައުންސިލުން ދައްކާ ސަރަޙައްދެއްގައި 800 އަކަފޫޓްގެ ބޮޑުމިނުގެ ބިމެއްގައެވެ. އަދި މިގޮތަށް ދޫކޮށްފައިވާ ބިން ނޫން އެހެންތަނެއްގައި ޚިދުމަށް ދިނުމަށް ގާޑިޔާ މޫވް ކުރާނަމަ ކައުންސިލް ހިންގުމަށް ހުންނަ އިސްވެރިޔާއަށް ލިޔުމުން ހުށަހަޅުމަށް ނުވަތަ އަނގަބަހުން ހުއްދަ ހޯދަންވާނެވެ.

2. މަގުމަތީގައި ނުވަތަ އިޖުތިމާޢީ ސަރަޙައްދުތަކުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރާ ސަރަޙައްދު ބޭނުންކުރާ ވަގުތުތަކުގައި އެ ސަރަޙައްދު ހަޑިވާފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ބޭނުން ނިމުމުން ސަރަޙައްދު ދޫކޮށްފައި ދިއުމުގެކުރިން ރަނގަޅަށް ސަރަޙައްދު ސާފު ކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކުރި ސަރަޙައްދުން ބޭރުގައި ވިޔަފާރި ކުރުމާއި ތަކެތި ބެހެއްޓުމަކީ މަނާކަމެވެ.

 (ނ) ވިޔަފާރިކުރުމަށް ތަކެތި ބަހައްޓަންވާނީ އެސަރަޙައްދުން ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތި ނުވާނެ ގޮތެއްގެ މަތީންނެވެ.

ގާޑިޔާ މޭޒުފަދަތަކެތީގައި ވިޔަފާރި ކުރަންވާނީ ހުކުރުދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ފަތިހު 5:30 އިން ރޭގަނޑުގެ 11:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު 11:00 އިންފެށިގެން 13:30 އާދެމެދު ވިޔަފާރިކުރުމަކީ މަނާކަމެކެވެ.  

ވިޔަފާރިކުރުމަށް ބޭނުންކުރާ ގާޑިޔާ ނުވަތަ މޭޒު ހުންނަންވީ ގޮތް

07.

(ހ) ޢާއްމުތަންތަނުގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ކާބޯތަކެތި ވިއްކަންވާނީ އެގާޑިޔާ ނުވަތަ މޭޒު ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފެންވަރަކަށް ތައްޔާރު ކޮށްގެންނެވެ.

(ށ) މި އުޞޫލުގެ ދަށުން ހުއްދަދެވޭ ގާޑިޔާ ނުވަތަ މޭޒުގައި ކައުންސިލުން އެގާޑިޔާ ނުވަތަ މޭޒަކަށް ކަނޑައަޅާފައިވާ ނަންބަރު ފެންނަ ގޮތަށް އޭގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

 (ނ) ގާޑިޔާ ނުވަތަ މޭޒު ހަދާފައި ހުންނަންވާނީ ގާޑިޔަލުގެ ކުރިމަތިން ހުޅުވޭގޮތަށް ވަށައިގެން ބައްދައި މަތި ހިޔާކޮށްފައެވެ. ހިޔާކޮށްފައި ބަހައްޓާނަމަ، ގާޑިޔަލުން ނުވަތަ މޭޒުން ބޭރަށް 1 (އެކެއް) ފޫޓަށްވުރެ ބޮޑަށް ނެރެފައިވާ ގޮތަށް ހިޔާ ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ތަންތަނުގައި ޖަނަރޭޓަރު ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) މި އުޞޫލުގެ ދަށުން ވިޔަފާރި ކުރުމަށް ހުއްދަދެވޭ އެއްވެސް ތަނެއްގައި އަޑުގަދަކޮށް ލަވަޖެހުމާއި އަޑުގަދަވާފަދަ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

 

ގާޑިޔާ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް ހުއްދަ ދެވޭތަކެތި

08.

ގާޑިޔަލުގައި ނުވަތަ މޭޒުބަހައްޓައި ޢާއްމުތަންތަނުގައި ވިޔަފާރިކުރުމަށް ހުއްދަހޯދައިފައިވާ ފަރާތްތަކުން ވިއްކަންވާނީ ދިވެހިރާއްޖޭގައި ޤާނޫނައި ޤަވައިދުތަކުން ވިއްކާ ވިޔަފާރީކުރުމަށް ހުއްދަ ކުރެވިފައިވާ ކާބޯ ތަކެތީގެ ބާވަތްތައްއެކަންޏެވެ.

ޞިއްޙީ މިންގަނޑު ހިފެހެއްޓުން

9.

މި އުޞޫލުގެ ދަށުން ވިއްކާތަކެތި ހުންނަންވާނީ ޞިއްޙީގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޞިއްޙީ ގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގެ ޞިއްޙީ މިންގަޑު ބެލެހެއްޓުމާއި އެއިރަކު ޙަވާލުވެފައިވާ އިދާރާތަކުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ވިޔަފާރިކުރާ ސަރަޙައްދުގެ ސާފު ތާހިރުކަން

10.

މި އުޞޫލުގެ ދަށުން ވިޔަފާރިކުރުމަށް ހުއްދަ ދެވިފައިވާ ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ގާޑިޔާ ނުވަތަ މޭޒުގެ ބަހައްޓައިގެން ވިޔަފާރިކުރުމަށް ހުއްދަނަގާފައިވާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން އުފުދޭ ކުނިބުނި، ކުނިއުކާލުމަށް ކަނޑައެޅިފައި އޮންނަ ސަރަޙައްދަކަށް އުކާލަންވާނެއެވެ.

މުދާތަކަށް ޒިންމާވުން

11.

މި އުޞޫލުގެ ދަށުން ހުއްދަދެވިފައިވާ ތަންތަނުގައި ވިޔަފާރިއަށް ބޭނުންކުރާ މުދާތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެގާޑިޔާއެއް ނުވަތަ މޭޒެއް ދޫކުރެވިފައިވާ ފަރާތެއްގެ ޒިންމާއެކެވެ.

ގާޑިޔާއާއި މޭޒުތަކުން ވިޔަފާރިކުރަން ފެށުން

12.

ވިޔަފާރި ކުރުމަށް ހުއްދަ ދީފައިވާ ގާޑިޔާ ނުވަތަ މޭޒުގެ ވިޔަފާރިއާ ހަވާލުވެގެން ދިވެއްސަކު އެތާނގައި ނެތި ވިޔަފާރި ކޮށްގެން ނުވާނެއެވެ.

ފީނެގުން

 

 

 

 

 

 

 

13.

(ހ)ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ދާއިމީ ގޮތެއްގައި ވިޔަފާރި ކުރާ  ފަރާތްތަކުން ފީއެއްގެ ގޮތުގައި މަހަކު 500ރ (ފައްސަތޭކަރުފިޔާ)  ކައުންސިލަށް ދައްކަންވާނެއެވެ. މި ގޮތުން ހިނގާމަހުގެ ފައިސާ އެ މަހުގެ ފުރަތަމަ ރަސްމީ 10 (ދިހައެއް) ދުވަހުގެތެރޭގައި ކައުންސިލަށް ދައްކަންވާނެއެވެ.

(ށ) ވަކި މުނާސަބަތަކާއި ގުޅިގެން ވަގުތީ ގޮތުން ޚިދުމަތް ދިނުމަށް ހުންނަ ގާޑިޔާ މޭޒުގެތަކުން ފީ ނެގޭނީ އެފަދަ އިވެންޓްތަކާއި ގުޅިގެން ފީ ނެގުމަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތިންނެވެ.

ކާބޯތަކެތި ވިއްކުމަށް ކަނޑައެޅިފައިވާ ހުއްދަ ނެގުން

 

 

އެހެނިހެން ކަންތައްތައް.

14.

 

 

 

15.

ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ކައުންސިލުގެ ފަރާތުން ހުއްދަ ދޭންވާނީ، އެތަނުގައި ކާބޯތަކެތި ވިޔަފާރި ކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވާ ކަމުގެ ލިޔުން ހުށަހެޅުމުންނެވެ. އަދި އިތުރުންވެސް ވިޔަފާރީ ހުއްދަތައް ނެގުމަކީ ގާޑިޔާ ވިޔަފާރި ކުރާ ފަރާތްތަކުގެ ޒިންމާއެކެވެ.

(ހ) މި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު "މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

(ށ) މި އުޞޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި އުޞޫލުގެ ސަބަބުން ނުވަތަ މި އުޞޫލާ ގުޅިގެން ނުވަތަ މި އުޞޫލަށް ޢަމަލުކުރުމުގައި ނުކުންނަ އެންމެހާއި މައްސަލަތަކާއި އަދި މި އުޞޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ކައުންސިލުން ފާސްކޮށް ނިންމާ ނިންމުންތައް މި އުޞޫލުގައި ހިމަނަންވާނެއެވެ.

 

        18 އޮކްޓޯބަރ 2022  

 

 

18 އޮކްޓޫބަރު 2022
ހޯދާ