މަޤާމް:
|
އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ
|
މަޤާމް ނަންބަރު:
|
TAT-120
|
ބޭނުންވާ ޢަދަދު:
|
01
|
މަޤާމް ގިންތި:
|
ދާއިމީ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް އޮފިސަރ
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:
|
ލީގަލް، ރިޕޯޓިންގް އެންޑް ކޭސް މެނޭޖްމެންޓް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް
|
މުސާރަ، ޢިނާޔަތްތަކާއެކު:
|
- އަސާސީ މުސާރަ: -/4,000ރުފިޔާ
- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/1,600 ރުފިޔާ (އަސާސީ މުސާރައިގެ %40)
- ލިވިންގ އެލަވަންސް: -/3,500ރުފިޔާ
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ލީގަލް އެންޑް އެސެސްމަންޓް ސެކްޝަނަށް ހުށަހެޅޭ ފޯމުތަކާއި ބަޔާންތައް ބަލައިގަނެ ރަސީދު ދޫކުރުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ދަފްތަރު ބެލެހެއްޓުމަށް އެހީތެރިވެދިނުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް ލީގަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ގަވާއިދާ އެއްގޮތަށް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.
- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ތާވަލުކުރެވޭ އަޑުއެހުންތައް ގަވާއިދާ އެއްގޮތަށް އިންތިޒާމުކޮށް ކުރިއަށްގެންދިއުން.
- ޓްރައިބިއުނަލުން ބާއްވާ އަޑުއެހުންތަކުގެ ރިކޯޑިންގތަކާއި އަދި އަޑުއެހުންތަކުގެ ރެކޯޑު ބެހެލެއްޓުން.
- ޓްރައިބިއުނަލުން ބާއްވާ އަޑުއެހުންތައް ޓައިޕްކޮށް މަޙްޟަރު ބަޔާންތައް އެކުލަވާލުން.
- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތައް ބަލައި ނިމުމާއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ތައްޔާރުކޮށް ދޫކުރުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
- ލީގަލް އެންޑް އެސެސްމަންޓް ސެކްޝަންގެ ފަރާތުން ޓްރައިބިއުނަލްގެ ވެބްސައިޓް އަޕްޑޭޓްކުރުން.
- ލީގަލް އެންޑް އެސެސްޓަމަންޓް ސެކްޝަނުން ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.
- ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު އާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އެފަދަ ކަންކަން ރާވާ ހިންގުމަށް އެހީތެރިވެދިނުން.
- އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ޤާނޫނާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް ކުރިއަށްގެންދިއުން.
|
މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު
- އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު އޯލެވެލް އިނގިރޭސި މާއްދާއިން ދައްވެގެން "ސީ" ފާސް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން ދައްވެގެން "ސީ" ފާސް ލިބިފައިވުން.
ނުވަތަ،
- އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް މަދުވެގެން 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަން ޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ).
- ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ).
|
އެހެނިހެން މަޢުލޫމާތު
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާނަމަ، ކުރިމަތިލާފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލްއާއި އިންޓަވިއުއަށް ދަޢުވަތުއެރުވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.
|