މަޤާމު:
|
އޮފިސަރ، އެޑްމިން އެންޑް އެޗް.އާރ
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 7 ވަނަ ފަންގިފިލާ، މ. އައިރިސް، ފަރީދީ ގޯޅި، ކ. މާލެ.
|
މުސާރައާއި ޢިނާޔަތްތައް:
|
ޖުމްލަ މުސާރަ: 10,000 ރުފިޔާ
|
މަޤާމުގެ ޝަރުޠު:
|
- ޖީ.ސީ.އީ އޭ ލެވެލް އިން މަދުވެގެން 3 ފާސް އަދި އެޗް.އެސް.ސީ ދިވެހިން ސީ ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
- ޖީ.ސީ.އީ އޯ ލެވެލް އިން ދިވެހި އަދި އިނގިރޭސި ހިމަނައިގެން މަދުވެގެން 5 ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އޮފީހަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި އަދަބުވެރިކަމާއެކު މުއާމަލާތް ކުރުމާއި މެހެމާންދާރީ އަދާކުރުން.
- އޮފީހަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން އަދި ފޯނު ކޯލްތައް ޑިޕާޓުމަންޓުތަކަށް ރޫޓް ކުރުން.
- އޮފީހަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، ކަނޑައަޅާފައިވާ އުސޫލާއެއްގޮތައް އެންޓީކުރުމަށްފަހު ޑިޕާޓްމަންޓްތަކަށް ފޮނުވުން.
- އޮފީހުން ފޮނުވާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލާއެއްގޮތައް، ޑިސްޕެޗްކުރުމަށް ފޮނުވުން.
- އޮފީހުގައި ބާއްވާ ބައްދަލުވުންތަކަށް މީޓީންގ ރޫމް ތައްޔާރުކޮށް، ބައްދަލުވުން ކުރިއަށްގެންދާ ވަގުތުގައި ދޭންޖެހޭ އެހީތެރިކަށް ފޯރުކޮށްދިނުން.
- ޑިޕާޓުމަންޓުން ފޮނުވަންޖެހޭ ސިޓީ/ލިޔުން އަދި އެހެނިހެން ތަކެތި ތައްޔާރުކޮށް ފޮނުވުން.
- ޑިޕާޓްމަންޓަށް ބޭނުންވާ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.
- ޑިޕާޓުމަންޓުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓާ ފައިލްކުރުން.
- އޮފީސް ހުޅުވާ ލެއްޕުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
- މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
26 އޮކްޓޯބަރު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.
|