ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލ.ހިތަދޫ ސިއްޙީ މަރުކަޒުގައި ކުރަން ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ލ.ހިތަދޫ ސިއްޙީ މަރުކަޒުގައި ކުރަން ހުރި މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފޮނުއްވާނީ މި އިދާރާގެ މެއިލް [email protected] އަށެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީ ހިސާބު ހުށަހެޅުމަށް

26 އޮކްޓޫބަރު 2022 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން

01 ނޮވެންބަރު 2022 (އަންގާރަ) ދުވަހުގެ 13:00 (ގުރަހަ)

 

ޕްރީބިޑް މީޓިންގ 30 އޮކްޓޫބަރު 2022 (އާދީއްތަ) ދުވަހުގެ 11:00 ގައި ލ.ހިތަދޫ ސިއްޙީ މަރުކަޒުގައި އޮންނާނެއެވެ. މި މީޓިންގގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6809003 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

18 އޮކްޓޫބަރު 2022
ހޯދާ