ދިވެހިރާއްޖެ
މަޤާމް: މެނޭޖަރ، އިންޓަރނަލް އޮޑިޓް
ޑިޕާޓްމަންޓް: އިންޓަރނަލް އޮޑިޓް
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ދާއިމީ (ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ 01 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި 3 މަސް ދުވަހުގެ ޕްރޮބޭޝަނާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.)
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:
-
އޮޑިޓިންގ، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުން. އަދި،
-
ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކޭޝަނެއް ޙާޞިލުކުރުމަށްފަހު، އޮޑިޓިންގ ނުވަތަ އެކައުންޓިންގގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މި 4 އަހަރު ތެރެއިން 1 އަހަރު މެނޭޖިރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން.
މުސާރަ އާއި އިނާޔަތްތައް:
-
އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 30,000.00ރ
މަޤާމުގެ މަސްއޫލިއްޔަތުތައް:
މިމަޤާމުގެ މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު މިއިއުލާނާއެކު އެވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު ތިރީގައިވާ މިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
-
މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
-
ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) ސާފު ކޮޕީ
-
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
-
މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ
-
ޕޮލިސް ރިޕޯޓް (04 މަސް ނުވާ)
ނޯޓް:
-
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެން ވެއެވެ.
-
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
މި މަޤާމަށް ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއާއި އިންޓަވިއު އަދި އިމްތިހާނަށް ބިނާކޮށް އެންމެ މަތިން މާކްސްލިބޭ ފަރާތެވެ.
އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 30 އޮކްޓޫބަރު 2022 އާއި 07 ނޮވެންބަރު 2022 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރު 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުމާގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް 1441 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441