އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އައްޑޫސިޓީ މަރަދޫ–ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާ ގުޅޭ

ނޫސްބަޔާން

އައްޑޫސިޓީ މަރަދޫ–ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާ ގުޅޭ

މި އޭޖެންސީއިން އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް 10 ސެޕްޓެމްބަރ 2019 ގައި ދޫކޮށްފައިވާ 'ތިމާވެށީގެ ގޮތުން ނިންމި ލިޔުމާއި" ޚިލާފަށް މި އޭޖެންސީގެ ހުއްދަ ނެތި މަސައްކަތް ކޮށްފައިވާތީ، ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ 20 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޖަދުވަލު (ޖ) ގެ ދަށުން ކުށް ތަކުރާރުކުރި ތިންވަނަ ފަހަރަށް ކަނޑައެޅިފައިވާ 120,000.00ރ (އެއް ލައްކަ ވިހިހާސް ދިވެހި ރުފިޔާ) އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފައިވާކަމާއި، ޖޫރިމަނާގެ ޖުމްލަ ފައިސާއަށްވާ 120,000.00ރ (އެއް ލައްކަ ވިހިހާސް ދިވެހި ރުފިޔާ) މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެފަރާތަށް 17 އޮކްޓޯބަރ 2022 ގައި ވާނީ އެންގިފައެވެ. އަދި ހަމައެހެންމެ، މި އެޖެންސީގެ ހުއްދައަކާ ނުލައި ކުރެވިފައިވާ މަސައްކަތްތަކާއި، މިހާރު ރަށުގެ ތިމާވެށީގެ ޙާލަތު، އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް އެންވަޔަރަމަންޓަލް އޮޑިޓް ރިޕޯޓް ހުށަހެޅުމަށާއި، މިހާރު ކުރެވިފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނިޓަރިން ޕްލޭންގައި ހިމަނާ، އަދި އެ މޮނިޓަރިން ޕްލޭން އިސްލާޙްކޮށް، އައު މޮނިޓަރިންގ ޕްލޭންއެއް ހުށަހަޅާނެ ކަމުގެ ލިޔުމެއް މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ހުށަހެޅުއްވުމަށްވެސް އެފަރާތަށް ވާނީ އަންގާފައިވާނެއެވެ.

     ..................................................................

21 ރަބީޢުލް އައްވަލް 1444          

17 އޮކްޓޫބަރު 2022
ހޯދާ