ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ އިޖުތިމާޢީ މަރުކަޒުގެ ކައުންސިލް އެސިސްޓެންޓް ގެ މަގާމަށް މީހަކު ހޯދުމަށްޓަކައި 04 އޮކްޓޫބަރ 2022 ގައި މިއިދާރާއިން ކުރި، ނަންބަރ: 1(IUL)253-CAA/253/2022/6ގެ އިޢުލާނުގައިވާ ކައުންސިލް އެސިސްޓެންޓް ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ޝީޓްގައިވާ މަޢުލޫމާތާ ގުޅިގެން ނުވަތަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހުށަހެޅުމަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ 17 އޮކްޓޫބަރ 2022 ވަނަ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
21 ރަބީޢުލްއައްވަލް 1444
17 އޮކްޓޫބަރ 2022