ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ޙިދުމަތަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ފެނުގެ ޙިދުމަތަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މިރަށުގައި މިހާރު ޤާއިމުކުރަމުންގެންދާ ފެނުގެ މަޝްރޫޢުގެ ދަށުން، ގޭގެއާއި، ވިޔަފާރިތަކާއި، ސައިހޮޓާ ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސްތަކާއި، އެކިއެކި މުއައްސަސާތަކުން ފެންހޮޅި ގުޅައިދިނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 06 ނޮވެމްބަރ 2022 ވަނަދުވަހުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައިއެވެ.

ފެނުގެ ޙިދުމަތައް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް www.gan.gov.mv އިން ލިބެން ހުންނާނެއެވެ. މި ކަމަށްއެދި ލައްވާ ފަރާތްތަކުން [email protected] އަށް އީމެއިލްކޮށްދެއްވުމަށް ނުވަތަ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 14:00 އަށް މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ފޯމުތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި ފޯމާއެކު ހުށަހަޅަންޖެހޭތަކެތި ހުށަހަޅައިފައިނުވާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 E 1444

16 އޮކްޓޯބަރ 2022

16 އޮކްޓޫބަރު 2022
ހޯދާ