ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މި މަދަރުދާގެ ސެކިއުރެޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާނު

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

2023 ވަނަ އަހަރު މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

             މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި މަދަރުސާގެ ސެކިއުރިޓީ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ސެކިއުރެޓީ ބެލެހެއްޓުމަށް އެދި ހުށަހެޅޭނެ އެންމެ ބޮޑު އަގަކީ -/20000 ރުފިޔާ (ވިހި ހާސް ރުފިޔާ) އެވެ.

             ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށާއި  އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި އޮންލައިންކޮށް  (އީމެއިލް މެދުވެރިކޮށް) ބައިވެރިވެވޭނެ ވާހަކަ ދަންނަވަމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2022 އޮކްޓޯބަރ 17 އިން 20 ވާ ބުރާސްފަތި ދުވަހު 12:30 އަށް
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް: 2022 އޮކްޓޯބަރ 27 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 އަށް ފ. އަތޮޅުމަދަރުސާ އަށް ދުރުވެދެއްވުން އެދެމެވެ.

              މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19  ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ގުޅުއްވާނީ: 7952910
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް މެއިލް ކުރައްވާނީ: [email protected]
17 އޮކްޓޫބަރު 2022
ހޯދާ