ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ކަލަންޑަރު ޗާޕުކުރުން

އިޢުލާން

 

މިއޮތޯރިޓީގެ ފަރާތުން 2023 ވަނަ އަހަރަށް ތައްޔާރުކުރާ ކަލަންޑަރު ޗާޕުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ ތާރީޚުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިއޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

18 އޮކްޓޫބަރު 2022

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

(މއ. ކަނޑުބަލާގެ، ބުރުޒުމަގު / މާލެ)

ބީލަން ހުށަހެޅުން

25 އޮކްޓޫބަރު 2022

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

(މއ. ކަނޑުބަލާގެ، ބުރުޒުމަގު / މާލެ)

  • 25 އޮކްޓޫބަރު 2022 ގެ ހެނދުނު 10:00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ކަރުދާސް، ބީލަން ހުށަހަޅާ ގަޑިއާ ހަމައަށް، މި އޮތޯރިޓީގެ ވެބްސައިޓް https://lra.gov.mv/dv/download/  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3328282 އަށް ގުޅުއްވުން، ނުވަތަ [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

16 އޮކްޓޫބަރު 2022
ހޯދާ