ދިވެހިރާއްޖެ
ސޯލާ ހަޓުން ރެސްޓޯރަންޓަށް ކުއްޔަށް ދޫކުރުން
އޮޅުވެލިފުށި ކުޑަކުދިންގެ ޕާކުގެ ހުޅަނގު ގައިވާ ސޯލާހަޓުން ( ރެސްޓޯރާންޓް ހިންގުމަށް ޚާއްޞަކުރެވިފައިވާ ބައި ) ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ޅ.އޮޅުވެލިފުށި ނިނޯންސް ޕާކުގެ ހުޅަނގު ގައިވާ ސޯލާހަޓް |
ކެފޭ، ރެސްޓޯރަންޓް |
4615 އަކަފޫޓު |
އަކަފޫޓަކަށް މަހަކު 60/- ލާރި |
1- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 17 އޮކްޓޯބަރ 2022 ން ފެށިގެން 25 އޮކްޓޯބަރ 2022 ގެ ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް ބަންދުނޫން ކޮންމެ ދުވަހަކު09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގެން ރަޖިސްޓަރ ވެވޭނެއެވެ. އަދި އޮންލައިންގެ ޒަރިއްޔާއިން ކައުންސިލްގެ މެއިލް އެޑްރެސް:[email protected] އަދި ކައުންސިލްގެ ވައިބަރ ނަންބަރ: 9662107 އަށް ( ރަޖިސްޓްރީވާ ފަރާތުގެ ނަން ، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ހުށަހަޅާ ފަރާތުގެ ނަމާއިއެކު ) ރަޖިސްޓްރީވުމަށް ފޮނުވިދާނެއެވެ.
ބީލާމުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމަތު ދިނުމުގެ ބައްދަލުވުމެށް 26 އޮކްޓޯބަރ 2022 ވަނަ ދުވަހު 11:00 ކައުންސިލް އިދާރާގައި އޮންނާނެއެވެ.
3- ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަން ހުށަހެޅުން
ތާރީޚް: |
ދުވަސް |
ވަގުތު |
ތަން |
10 ނޮވެމްބަރ 2022 |
ބުރާސްފަތި |
11:00 |
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ |
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ބިން ކުއްޔަށް ހިފުމަށް އެދޭފޯމް
ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ( ބޭނުންފުޅު ކަމުގަވާނަމަ)
ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް ހީރަސްކުރެވިފައިވާނެއެވެ.