ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
ނަންބަރު: 182-REG/CIR/2022/ 7
އެލާރޓް
Allersine Eye Drops (Tetrahydrozoline Hydrochloride ) އާއި ގުޅޭ
މެލޭޝިޔާ ކުންފުންޏެއް ކަމުގައިވާ Duopharma (M) Sdn. Bhd އިން އުފައްދާ (Tetrahydrozoline Hydrochloride) Allersine Eye Drops ގެ ބެޗް ނަންބަރ: 193033L, 200827L, 200230L, 200608L, 200607Lއާއި 200825L ގައި ޑިފެކްޓެއް ހުރިކަމަށް މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީ" ނޭޝަނަލް ފާރމަސޫޓިކަލް ރެގިއުލޭޓަރީ އެޖެންސީ “(NPRAއިން ވަނީ މިއޮތޯރިޓީ އަށް އަންގާފައެވެ. އަދި މިބެޗް ތަކުގެ ތެރެއިން 02 ބެޗެއް (193033L އާއި 200607L) ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށްވެސް އެ އެލާރޓްގައި ބަޔާން ކޮށްފައިވެއެވެ.
މިބޭހަކީ މިއޮތޯރިޓީގައި ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް)ގައި ހިމެނިފައިވާ ބޭހެކެވެ. އެހެންކަމުން، މިބޭސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތާއި ގުޅިގެން މިއޮތޯރިޓީއިން މިބޭހުގެ ދެންނެވިފައިވާ ބެޗްތައް މާރކެޓުން ނަގަމުން ގެންދާނެ ކަމުގައި ދެންނެވީމެވެ. އަދި މިބޭސް ބޭނުން ކުރައްވާ ފަރާތް ތަކުންވެސް މިބޭހުގެ ދެންނެވިފައިވާ ބެޗްތައް ބޭނުން ނުކުރުމަށް ދެންނެވީމެވެ.
އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭސްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.