މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ބިން ކުއްޔަށް ހިފުމަށް

"ތުނބުރި" ޕްރޮޖެކްޓުގެ ނަމުގައި ލ.އަތޮޅުގައި ތަރައްޤީކުރާ ސަރަޙައްދުގައި ބީޗް ރިސޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މި ކޯޕަރޭޝަނުގެ 15 ސެޕްޓެންބަރު 2014 ގެ ނަންބަރު IUL)MMPRC-HAS/1/2014/50) އިޢުލާނު މެދުވެރިކޮށް ތުނބުރި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ (ފޭސް ވަން) ދަށުން ބީޗް ރިސޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ދެވުނު މުއްދަތު 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.

ބީލަން ހުށަހެޅުމާއި، މިކަމަށް މީހުން ހޮވުމުގައި ބެލޭވޭނެ ކަންތައްތަކާއި އަދި ދޫކުރެވޭ ބިމުގެ މަޢުލޫމާތު އަޅުގަނޑުމެންގެ ވެބްސައިޓް www.investmenttourism.gov.mv ގައި ޝާއިޢުކުރެވިފައިވާ "އިންސްޓްރަކްޝަންސް ފޯރ ސަބްމިޝަން އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ISEOI)" އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުން ފުރިހަމަ ކުރުމަށްފަހު، 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން "އިންސްޓްރަކްޝަންސް ފޯރ ސަބްމިޝަން އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ISEOI)" ގައި ބަޔާންކުރެވިފައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ގުޅުއްވުން އެދެމެވެ.

މުޙައްމަދު އަސީލް، ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ވެލާނާގެ

މާލެ، ދިވެހިރާއްޖެ.

ފޯން: 3323228، ފެކްސް: 3323229

އީ-މެއިލް: [email protected]  ވެބްސައިޓް: www.investtourism.gov.mv

6 މުޙައްރަމް  1436 

30 އޮކްޓޫބަރު 2014
ހޯދާ