ދިވެހިރާއްޖެ
ނަމްބަރ: (IUL)295-PR/295/2022/78
އިޢުލާން
ނ. ހޮޅުދޫ ގޭބީސީތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށް ޕިކަޕެއް 2 މަސްދުވަހުގެ މުއްދަތަޢް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި އިދާރާއިން ކުރި އިޢުލާން ނަމްބަރ: (IUL)295-PR/295/2022/71 އާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް 10:00 ން 11:00 އަށް ކައުންސިލް އިދާރާގެ ނަމްބަރ 6560009 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 24 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 11:05 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ޕްރޮޕޯސަލް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
16 އޮކްޓޯބަރ 2022