ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު 472/472/2022/3(IUL) (07 ސެޕްޓެންބަރު 2022) އިޢުލާނާއި، ނަންބަރު 472/472/2022/5(IUL) (26 ސެޕްޓެންބަރު 2022) އިޢުލާން އަދި ނަންބަރު 472/472/2022/6(IUL) (05 އޮކްޓޫބަރު 2022) ގެ އިޢުލާނުން ރަޖިސްޓްރީ ބާޠިލުކުރި އުޅަނދުތަކުގެ ތެރޭގައި، ގަވާއިދާއި ޚިލާފަށް އޭ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހިމެނެއެވެ. މި އުޅަނދުތައް ގަވާއިދާ އެއްގޮތަށް އޭ ޒޯނަށް ރަޖިސްޓްރީކުރަން ބޭނުންވާ ލިޔެކިއުމާއެކު ހުށަހެޅުމުން މި މިނިސްޓްރީން އެ އެޕްލިކޭޝަންތައް ބަލައިގަންނާނެ ކަމުގައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. ޤަވާއިދާއި އެއްގޮތަށް އޭ ޒޯނަށް އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ އީ-ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދި ހުށަހެޅުމަށް ދަންނަވަމެވެ. އަދި ޚިދުމަތަށް އެދި ހުށަހަޅާއިރު އީ-ޕޯޓަލްގެ
zone change - vehicles other than 2 wheelers to Male ނުވަތަ zone change - vehicles other than 2 wheelers to Hulhumale ޚިދުމަތް އިޚްތިޔާރުކުރުމަށް ވެސް ދަންނަވަމެވެ.