މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަން: އެސިސްޓެންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މުސާރަ: 5020.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް / މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން "އީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނަކުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއިން ހިންގާ ކޯސްތަކުގެ ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރިކޯޑު ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ހާޒިރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ދަރިވަރުންނަށް ކޯހުގެ އެސެސްމެންޓު ތަކާއި، މޮޑިއުލްސް ބަރާބަރަށް ޙަވާލުކުރުން.
  4. ދަރިވަރުންނަށް ލިބޭކުރިއެރުން ފާހަގަކޮށް އެކަން ދަރިވަރުންނަށާއި ސެކްޝަންގެ ވެރިޔާއަށް އެންގުން.
  5. ދަރިވަރުންގެ އަޚުލާޤާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
  6. ނަތީޖާ ފޯމު، ދަރިވަރުންނަށް ޙަވާލުކުރަންޖެހޭ ތާރީޚުގައި ޙަވާލުކުރުން.
  7. އިންސްޓްރަކްޓަރުންނާ ގަވާއިދުން ބައްދަލުކޮށް، ހިންގާ ކޯސްތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
  8. އިންސްޓްރަކްޓަރުންގެ އިރުޝާދުގެ މަތިން ދަރިވަރުންގެ ޚިޔާލާއެކު ކޯސް ރިވިއުކުރުން.
  9. ދަރިވަރުންނަށް ގެއްލޭ ކްލާސްތައް ބަލައި، އެކަން ހައްލުކުރުން.
  10. ދަރިވަރުންނާ ބައްދަލުކޮށް، އެކުދިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  11. ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން ޑިއުޓީއަށް ނުކުތުން
  12. އޮފީސް ހުޅުވާ ލެއްޕުމުގެ ކަންތައް އިންތިޒާމު ކުރެވިފައި އޮންނަ އުސޫލެއްގެ މަތިން ކުރުން.

ނޯޓް:

  1. އެސިސްޓެންޓް ސްޕޯރޓްސް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. 
  2. މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  3. މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބްސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

 

04 މުޙައްރަމް 1436

29 އޮކްޓޫބަރު 2014
ހޯދާ