ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މިލްކުވެރިކަމާއި ގުޅޭ

ކުޑަހުވަދޫގައި ޢިމާރާތް ކުރަމުންދާ ޖުވެނައިލް ރެސިޑެންޓް ސެންޓަރ އެޅުމަށް މިރަށުން ފާހަގަކޮށްފައިވާ ބިމުގެ ދެކުނަށް (ލައިނޫފަރުމަގު ހިމަނައިގެން) ހުރި ރުއްގަހުގެ ބަދަލުހަމަޖެއްސުމަށްޓަކައި ގަދަނޫކުލައިން 01 ން 31 ށް ނަންބަރު ޖަހާފައިވާނެއެވެ.

ވީމާ އެ ރުއްގަހުގެ ވެރިން 26 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި، މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި، މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިއަދުން ފެށިގެން، މިއިދާރާގެ ހުއްދަނެތި މިސަރަހައްދުގައިވާ އެއްވެސް ރުއްގަހެއް ނަގައިގެން ގެންދިޔުމާއި އެހެންފަރާތަކަށް ދީ ނުވަތަ ވިއްކައި ހަދައިގެން ނުވާނެ ވާހަކަވެސް ދަންނަވަމެވެ. އަދި ރުއްގަސްފިޔަވައި އެހެންތަކެތި އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެތަނުން ނަންގަވާ ތަންހުސްކުރުމަށް އަންގަމެވެ.

13 އޮކްޓޫބަރު 2022
ހޯދާ