ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުޅުދުއްފުށި ޗެންޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތް ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

"ކުޅުދުއްފުށި ޗެންޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތް ރާވާ ހިންގައި ދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއިން އިންތިޒާމް ކުރާ "ކުޅުދުއްފުށި ޗެންޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތް ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ‏23‏ އޮކްޓޯބަރ‏ 2022‏ (އާދީއްތަ‏) 10:30 ގެ ކުރިން މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/UB7LpmpX48

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ދިނުން

‏18‏ އޮކްޓޯބަރ‏ 2022‏ (އަންގާރަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏23‏ އޮކްޓޯބަރ‏ 2022‏ (އާދީއްތަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ)

‏24‏ އޮކްޓޯބަރ‏ 2022‏ (ހޯމަ‏)

10:30

 

މައުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

13 އޮކްޓޫބަރު 2022
ހޯދާ